ސުޕްރީމް ކޯޓު ރިސެސްއަށް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ރިސެސްއަށް
ހިނގައްޖެއެވެ.
ސުޕްރީމް ކޯޓު ރިސެސްއަށް
ދިޔައީ މި މަހުގެ ނިޔަލަށެވެ.
ރިސެސްގެ މުއްދަތުގައި
ކޯޓުތަކުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) އާއި (ރ)ގައި ބަޔާންކޮށްފައިވާ ހާލަތުގެ އިތުރަށް،
ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭކަމަށް
ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި، ސުޕްރީމް ކޯޓުގެ ޝަރީއަތުގެ އެއްވެސް އަޑުއެހުމެއް
ނޯންނާނެއެވެ.
ސުޕްރީމް ކޯޓުގެ
ރިސެސްގެ މުއްދަތުގައި މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުން ނުބޭއްވި ނަމަވެސް، ކޯޓަށް
މައްސަލަތައް ބަލައިގަތުމާއި، އެނޫންވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއްނެތި
ކުރިއަށްދާނެއެވެ.
އެ ކޯޓު ރިސެސް އަށް
ދިޔައިރު، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ހިމެނޭހެން ޤާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކޮށް ދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ
މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.
މިދިޔަ ބުދަ ދުވަހު
ބޭއްވި މަޖިލިހުގެ ޖަލްސާގައި ފާސްކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލްގައި މައިގަނޑު ފަސް އިސްލާހެއް ވަނީ ގެނެސްފައެވެ.
އެ ތަނުން އެއް އިސްލާހަކީ ޤާނޫނުއަސާސީގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް
އިތުރުކުރުމެވެ.
މެމްބަރުންގެ ގޮނޑި
ގެއްލޭނެ ހާލަތްތަކަކީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވެފައިވާ މެމްބަރަކު،
އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަ ގޮތުން ކުރިމަތިލައްވައިގެން އިންތިހާބުވި
މެމްބަރަކު ޕާޓީއަކަށް ބަދަލުވުމުން ނުވަތަ މަޖިލިހުގެ މެމްބަރަކު، އެ މެމްބަރަކު މަޖިލިހުގެ
އުމުރުގެ ތެރޭގައި ތަމްސީލް ކުރައްވާ ޕާޓީން އަމިއްލަ އަށް ވަކިވެވަޑައިގަތުން ނޫނީ
ޕާޓީން ވަކި ކުރުމުންނެވެ.
ގުޅުންހުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ