ވަހީ އަންނަކަމަށް ބުނެ ރަސޫލާއަށް ފުރައްސާރަކުރި މީހާގެ މައްސަލަ ބަލަން ހުށަހަޅައިފި
އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ވަހީ އިއްވަވާ ކަމަށް ބުނާ މީހެއްގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އަޅަން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓާ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެެވެ. މި ފަހުން ދިވެއްސަކު ޓިކްޓޮކްގައި އިސްލާމް ދީނަށް ފުރައްސާރަ ކުރާ ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ދިވެހި އެ ފިރިހެން މީހާ ކީރިތި ރަސޫލާ އާއި އިސްލާމްދީނަށް ވަރަށް ހުތުރުކޮށް އެއްޗެހި ބުނާ އަޑު އެ ވީޑިއޯތަކުން އިވެއެވެ. ޝަހީމް މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ, ތިމަންނާއަށް ވަހީ އަންނަ ކަމަށް ބުނެއާއި އިސްލާމީ ޢަޤީދާއަށާއި ކީރިތި މާތް ނަބިއްޔާއަށް ތައުހީނުވާ ގޮތައް ވާހަކަދައްކާފައިވާ މީހާގެ ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުގައި މިދިޔަ އާދިއްތަ ދުވަހު އެދިފައިވާނެ ކަމަށެވެ. މި މައްސަލައާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ, ދީނަށް ފުރައްސާރަކޮށް، ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ ވީޑިއޯތަކެއް ފުލުހުންގެ ސަމާލުކަމަށް ވަަނީ އައިސްފައި ކަމަށެވެ. މި މައްސަލައާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ