ހޯރަފުށީގައި ބުޅަލަކަށް އަނިޔާކޮށް މަރާލި މައްސަލައެއް ބަލަނީ

ހއ. ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެކަން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ހޯރަފުށީގައި ބުޅަލަކަށް އަނިޔާކޮށް މަރާލާފައިވާ ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 7 ހާއިރު އެވެ.
ބުނީ ކީކޭ؟ - މިކަމާ ގުޅިގެން ފުލުހުން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ:
މި މައްސަލައާ ގުޅިގެން ތިން މީހަކާ ސުވާލުކޮށް، ތަހުގީގަށް ބޭނުންވާ ބަޔާން ނަގާފައިވޭ
އެ މައްސަލަތައް ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުން
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެނގުން މުހިންމު - ގާނޫނުލްއުގޫބާތުގެ 625 ވަނަ މާއްދާގައިވާ ގޮތުން، ޖަނަވާރަކާ މެދު އަނިޔާވެރި އަމަލެއް ހިންގުމަކީ ކުށެކެވެ. އެގޮތުން:
އެއީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެއް
ކުށް ސާބިތުވެއްޖެ ނަމަ، އަސާސީ މިންގަނޑުން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ
މި ދަރަޖައިގެ ކުށްތަކަށް ކަނޑައެޅޭ އެންމެ މަތީ އަދަބަކީ ތިން މަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ