ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައިފާސްކުރުމަށް އިމިގްރޭޝަންގެ ޓާސްކްފޯސްއާއި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި ގުޅިގެން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން އިއްޔެ ދެ މީހަކު ހައްޔަރުކޮަށްފިއެވެ.
އިމިގްރޭޝަނުން އިއްޔެ ބުނީ، އެ އޮޕަރޭޝަންގެ ދަށުން އިއްޔެ މާލޭގައި ހިންގަމުންދިޔަ 07 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި 02 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ގަވާއިދާ ޚިލާފް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިދިޔަ ދެ އަހަރުގެ ތެރޭގައި ޑީޕޯޓްކޮށްލެވުނު ބިދޭސީންގެ އަދަދު 9697 އަށްވުރެ މަތިވާނެ ކަމަށް ހޯމް މިނިސްޓްރީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ.
އެ ބައްދަލުވުމުގައި ވަޒީރު ޢަލީ އިހްސާން ވަނީ މި އަހަރުގެ އެޕްރީލް މަހުގެ ދެ ވަނަ ދުވަހުން ފެށިގެން 2027 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހިފާ ހައްޔަރުކޮށް ޑީޕޯޓް ކުރުމުގެ ހާއްސަ މަސައްކަތެއް ފަށްޓަވާނެ ކަމަށް އިއުލާން ކުރައްވާފައެވެ.
ހަތް ތަނެއް ބަލައިފާސްކޮށް ޤަވާއިދާ ޚިލާފް 2 މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ