ހޯމްނާސިން ކެއާގެ ހިދުމަތް ފެށުމަށްޓަކައި ރާއްޖޭގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ތައްޔާރުވެއްޖެ އެވެ.
އައިޖީއެމްއެވުން މިއަދު ކުރި އިއުލާނެއްގައި ބުނީ އަލަށް ތައާރަފުކުރާ ހޯމް ނާސިން ކެއާގެ ހިދުމަތް ދިނުމަށާއި ހޮސްޕިޓަލުން އެކިއެކި ދަތުރުތަކުގައި ބޭނުންކުރަން ފަސް ސައިކަލު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަމުން އަންނަ ކަމަށެވެ. އެގޮތުން އިއުލާނުގައި ވަނީ ސައިކަލު ސަޕްލައިކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. ބީލަން ހުށަހެޅުން އޮތީ މިމަހުގެ 14 ވަަނަ ދުވަހު 11:00 ގައި އައިޖީއެމްއެޗުގެ ޕްރޮކިއުމެންޓް ޑިޕާޓްމަންޓުގަ އެވެ.
އިއުލާނުގައި އިތުރަސް ބުނީ ބީއޯކިއުގައި ބަޔާންކުރާގޮތަށް މަސައްކަތުގެ އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓްތައް ހަމައަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޝަންގައި ބައިވެރިކުރެވޭނެ ކަމަށާއި އަދި އަގާއި މުއްދަތަށް މާކްސް ދެވޭނީ އެންމެ ކުޑަ އަގެއް އަދި މުއްދަތެއް ހުށަހަޅާ ފަރާތްތަކަށް ފުލް މާކްސް ލިބޭގޮތަށް ޕްރޯރާޓާ އުސޫލުން ކަމަށެވެ.
ގޭގެއަށް ގޮސް ބަލި މީހުންނަށް ސިއްހީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށުމުގެ ތައްޔާރީތައް ކުރިޔަށްދާއިރު އެ ހިދުމަތް ފަށާނެ ތާރީހެއް ނުބުނެ އަދި މިހާތަނަށް އައިޖީއްއެޗުން ހާމަކޮށްފައި ނުވެއެވެ.
އައިޖީއެމްއެޗް އިން ހޯމް ނާސިންކެއާގެ ހިދުމަތް ފަށަން ތައްޔާރުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ