އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް 700 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ މިއަދު 3 ޖެހުމާ ހަމައަށެވެ.
ބުނީ ކީކޭ؟ - އިލެކްޝަނުން ބުނީ ސުންގަޑި ހަމަވިއިރު ޖުމްލަ 779 ޝަކުވާ ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
އެޑްރެސް ބަދަލުވެފައިވުން
ރަށްވެހިކަން ބަދަލުވުން
މަރުވެފައިވާތީ ރަޖިސްޓްރީއިން ނަން އުނިކުރަން
ތަފްސީލު - އިލެކްޝަންސްއިން އާންމުކޮށްފައިވާ ވޯޓާސް ލިސްޓުގައި 295،000އެއްހާ މީހުންނަށް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވެ އެވެ.
އިންތިހާބަށް އޮންލައިންކޮށް ކުރިމަތިލުމަށް އިލެކްޝަންސްއިން އިއްޔެ ވަނީ ހުޅުވާލާފަ އެވެ. އަދި އެ ފުރުސަތު ހަމަވާނީ 1 ފެބްރުއަރީގެ 3:30ގެ ނިޔަލަށެވެ.
މި އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރާނެ އެވެ.
މި އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ:
321 ފޮށި: އަތޮޅު ތެރޭގައި
240 ފޮށި: މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި
50 ފޮށި: ރިސޯޓުތަކުގައި
3 ފޮށި: ސިނާއީ މަސައްކަތްކުރާ ތަންތަނުގައި
5 ފޮށި: ޖަލުތަކުގައި
2 ފޮށި: ރާއްޖެއިން ބޭރުގައި (އެއީ ލަންކާ އަދި މެލޭޝިއާ)
ކައުންސިލް އިންތިހާބު 2026: ވޯޓުލެވޭ މީހުންގެ ލިސްޓަށް 779 ޝަކުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ