ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 621 ވޯޓު ފޮށީގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަން (އީސީ)ން އިއްޔެ އާންމުކޮށްފި އެވެ. މިފަހަރުގެ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓަނީ ލަންކާ އަދި މެލޭޝިއާގަ އެވެ.
ވީ ކިހިނެއް؟ - ވޯޓު ފޮށީގެ ނަމާއި ކޯޑު އަދި ބަހައްޓާނެ މަރުކަޒުތައް ހިމެނޭ އެ މައުލޫމާތު އީސީންގެ ވެބްސައިޓު ލިންކުން މިހާރު ވަނީ ފަސޭހައިން ބެލޭނެ ގޮތަށް ހަދާފަ އެވެ.
ތަފްސީލު - އީސީން ބުނި ގޮތުގައި، މި އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ:
321 ފޮށި: އަތޮޅު ތެރޭގައި
240 ފޮށި: މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި
50 ފޮށި: ރިސޯޓުތަކުގައި
3 ފޮށި: ސިނާއީ މަސައްކަތްކުރާ ތަންތަނުގައި
5 ފޮށި: ޖަލުތަކުގައި
2 ފޮށި: ރާއްޖެއިން ބޭރުގައި (އެއީ ލަންކާ އަދި މެލޭޝިއާ)
ފާހަގަކޮށްލެވޭ ކަމެއް - އަންނަ 4 އޭޕްރީލްގައި ބާއްވާ އިންތިހާބުގައި 295،000އެއްހާ މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެ އެވެ. އެ ލިސްޓު އާންމުކޮށް، މި މަހު 18 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމަށް ވެސް އީސީން މިހާރު ވަނީ ހުޅުވާލާފަ އެވެ.
އިންތިހާބަށް ކުރިމަތިލުމަށް އީސީން ހުޅުވާލަނީ މި މަހު 17ގަ އެވެ. މި އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރާނެ އެވެ.
އިންތިހާބަށް ބަހައްޓަނީ 621 ވޯޓު ފޮށި؛ ލަންކާ އާއި މެލޭޝިއާގައި ވެސް ބަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ