ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކަށް ޖިންސީ ގޯނާކުރި މީހަކު 18 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ ހުކުމް މި މަހުގެ 19 ގައި އިއްވީ ފުވައްމުލަކު ފުނާޑު، ނަވާ ޢަބްދުﷲ ވަޙީދު މޫސާ، 58،ގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުންނެވެ.
ވަހދުގެ މައްޗަށް އުފުލި މި ދައުވާއާ ގުޅިގެން ބަންދުގައި ހުރި 1 އަހަރާއި 7 މަހާއި 9 ދުވަސް ހުކުމުގެ މުއްދަތުން އުނިކޮށް، ޖަލު ހުުކުމިން މިހާރު ތަންފީޒުކުރަން ޖެހެނީ 16 އަހަރާއި 4 މަހާއި 21 ދުވަހެވެ.
ފިރިހެނަކާ ބެހުނު ފިރިހެނަކު 18 އަހަރަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ