ދިރާގުން އެފްޑީސީގެ ފްލެޓްތަކަށް ހިލޭ 5ޖީ ޓާބޯ ރައުޓާ ދޭ ޕްރޮމޯޝަނެއް
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށް، ހިލޭ 5ޖީ ޓާބޯ ރައުޓަރު ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.މި ޕްރޮމޯޝަންގެ ދަށުން 749ރ. އިން ފެށިގެން މަތީގެ ދިރާގު 5ޖީ ޓާބޯ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 5ޖީ ޓާބޯ ރައުޓާ ހިލޭ ލިބޭނެ އެވެ.ދިރާގުން ބުނީ މިއީ އަލަށް ފްލެޓްތަކަށް ބަދަލުވާ ފަރާތްތަކަށާއި، އާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ހަރަދަކާ ނުލައި ހައި-ސްޕީޑް ވައިފައިގެ ހިދުމަތް ފަސޭހަކަމާ އެކު ގާއިމްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެއް ކަމަށެވެ. މިއީ އަލަށް ފްލެޓްތަކަށް ބަދަލުވާ ފަރާތްތަކަށާއި އާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ހަރަދަކާ ނުލައި ހައި-ސްޕީޑް ވައިފައިގެ ހިދުމަތް ފަސޭހަކަމާ އެކު ގާއިމުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ.ދިރާގު 5ޖީ ޓާބޯ ހިދުމަތަކީ ސްޓްރީމް ކުރުމާއި ގޭމް ކުޅުމާއި ރިމޯޓްކޮށް މަސައްކަތް ކުރުމުގެ އިތުރުން ޑިޖިޓަލް ބޭނުންތަކަށް ބޭނުންވާ ހަލުވި ސްޕީޑާއި އިތުބާރު ހުރި ކަނެކްޝަން ކަށަވަރުކޮށްދޭ ހިދުމަތެކެވެ. ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ހިދުމަތާ އެކު ހިލޭ ލިބޭ ރައުޓަރުގެ އެހީގައި 5ޖީ ކަނެކްޓިވިޓީގެ ފައިދާ ވަގުތުން ލިބިގެންދާނެ އެވެ.މި ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް:ދިރާގު މައިއެކައުންޓް މެދުވެރިކޮށް ފަސޭހަކަމާ އެކު ހިދުމަތަށް ހުށަހެޅޭނެ ކޮންމެ ދުވަހަކު ހަވީރު 4 އިން ރޭގަނޑު 8އަށް އެފްޑީސީ ޓަވަރުތައް ކައިރީގައި ދިރާގުގެ ޓީމުތައް ހަރަކާތްތެރިވާނެ އެ ސަރަހައްދުގައި ހުންނަ ދިރާގު ޓެންޓުތަކުން ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ