ޕޮލިސް ސްޓޭޝަންތަކުގައި ތިބެގެން ފުލުހުންގެ ހެކިބަސް ނެގޭނެ ގޮތް ހަދައިފި

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ޕޮލިސް ސްޓޭޝަންތަކުގައި ތިބެގެން މައްސަލަތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ ހެކިބަސް ނެގޭނެ ގޮތް، ސުޕްރީމް ކޯޓުން ހަމަޖައްސައިފިއެވެ.
އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމާ ބެހޭ ގަވާއިދަށް، އިއްޔެ ގެނައި އިސްލާހު ބުނާގޮތުން، ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާ ފުލުހުން ވެސް ކޯޓަށް ހާޒިރުނުވެ، ފުލުހުންގެ މަރުކަޒެއްގައި އެ ފުލުހުން ތިބެގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނަގާ ގޮތަށް ނިންމިދާނެ އެވެ.
އިއްޔެ ގެނައި އިސްލާހުގެ ކުރިން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމާ ބެހޭ ގަވާއިދު ގޮތުން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ދެވޭނީ މައްސަލަތަކުގައި އެކްސްޕާޓުންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ