އިމިގްރޭޝަނުގައި ވިއްސަކަށް އަހަރުވީ އަޝްފާން، ޔޫތު މިނިސްޓްރީއަށް ބަދަލުކޮށްފި
އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަހުމަދު އަޝްފާން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމަށް ބަދަލުކޮށްފިއެވެ. އިމިގްރޭޝަނުން މިއަދު ވަނީ، އަޝްފާން ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނަވައި ކުރެއްވި ޚިދުމަތްތައް ފާހަގަކޮށް، އޭނާގެ މަސައްކަތާއި ނަޒާހާތްތެރިކަން ފާހަގަކޮށްފައެވެ. އަޝްފާން ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރީ މިދިޔަ 2024 ވަނަ އަހަރުގެ އޭޕްރިލް މަހެވެ. އެހާތަނަށް އޭނާ ވަނީ އެ މުއައްސަސާއަށް 18 އަހަރުގެ ޚިދުމަތް ކުރައްވައިފައިކަން އިމިގްރޭޝަނުން ފާހަގަކުރިއެވެ. https://sun.mv/190551 އަޝްފާން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއަށް ބަދަލުކުރިއިރު، އޭނާ ވަނީ މީގެ ކުރިން ގައުމީ ފުޓްބޯޅަށް ޓީމަށް ކުޅުއްވާފައެވެ. އަދި އޭނާގެ ކޮއްކޮ، ރާއްޖޭގެ ކުޅިވަރުގެ ދާއިރާއިން އެންމެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގާއެކު މުބާރާތްތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. އެގޮތުން، 2008ގައި ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ވެސް އަޝްފާނާއި އަޝްފާގް ހިމެނުނެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާގެ އެކި މަގާމުތައް ވެސް އަޝްފާން ވަނީ ފުރުއްވާފައެވެ. މި ސަރުކާރުގައި އިމިގްރޭޝަނަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި އިމިގްރޭޝަންގައި ވަރަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ޒުވާނެއްކަމަށްވާ މުޙައްމަދު ޝަމްއާން ވަހީދު ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރުމަށް ފަހު ވަކިކުރުން ހިމެނެއެވެ. ޝަމްއާން އެ މަގާމަށް އައްޔަންކުރީ މި ސަރުކާރުން ވެރިކަމާ ހަވާލުވިތާ މާ ގިނަ ދުވަހެއް ނުވެ، ނޮވެންބަރު 19، 2023ގައެވެ. ނަމަވެސް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ މާރިޗް މަހުގެ 20 ވަނަ ދުވަހު އޭނާ މަގާމުން ވަކިކުރިއެވެ. އޭގެ އެއް ދުވަސް ފަހުން އޭނާ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރަން ވެސް އަމުރުކުރިއެވެ. އެހެންނަމަވެސް މިދިޔަ ޑިސެންބަރު މަހު ޝަމްއާން ވަނީ ބަންދުން ދޫކޮށްލައިފައެވެ. https://sun.mv/220860 އަޝްފާންގެ މަގާމަށް ބަދަލު ގެނެސްފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކަށް ފަހު މި ސަރުކާރުން ބަދަލުތައް ގެންނަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން، މިނިސްޓްރީތަކުގެ އަދަދުތައް ވަނީ 20އިން 15އަށް މަދުކޮށްފައެވެ. މި ސަރުކާރުގައި ސިޔާސީ މުވައްޒަފުން ގިނަ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މިދިޔަ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބޭނުންފުޅުވަނީ ސިޔާސީ މުވައްޒަފުން ވީ އެންމެ މަދުކުރަން ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ