އެމެރިކާގެ ފްލޮރިޑާގައި ހުންނަ ރައީސް ޑޮނަލްޑް ޓްރަމްޕް ދިރިއުޅުއްވާ މާ-އަ-ލާގޯ ގޯތީގެ ތެރެެއަށް ބަޑި ހިފައިގެން ވަދެ އުޅުނު މީހެއްގެ ގަޔަށް ބަޑިން ހަމަލާދީ އިއްޔެ މަރާލައިފި އެވެ.
ސީކްރެޓް ސާވިސްގެ އޭޖެންޓުން އޭނާ ހުއްޓުވައި ބަޑި ޖަހައި މަރާލި އިރު އެ މީހާގެ އަތުގައި ޝޮޓްގަން އާއި ފިއުލް ދަޅެއް އޮތް ކަމަށް ސިއްރު ސާވިސްގެ އެޖެންޓުން ބުންޏެވެ.
އެ ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރުފަހު 1:30 އެހާކަންހާއިރު އެވެ. އެއިރު ރައީސް ޓްރަމްޕް އުޅުއްވީ ވޮޝިންޓަންގަ އެވެ.
ބީބީސީގެ އެމެރިކާގެ ޕާޓްނަރު ސީބީއެސް އިން ބުނި ގޮތުގައި، އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާއަކީ ނޯތު ކެރޮލައިނާގެ ކެމެރަންއަށް ނިސްބަތްވާ އޮސްޓިން ޓީ މާޓިން އެވެ.
މޯ ކައުންޓީ ޝެރިފްގެ އޮފީހުން ބީބީސީއަށް ބުނީ ނޯތު ކެރޮލައިނާގައި ހުންނަ އޮސްޓިންގެ އާއިލާއިން އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ސީބީއެސް އިން ބުނި ގޮތުގައި، އޭނާ އެ ފިސްތޯލަ ގަނެފައި ވަނީ ނޯތު ކެރޮލައިނާ އިން ފްލޮރިޑާއަށް ދިޔަ މަގުމަތީގައިތޯ ނުވަތަ ނޫންތޯ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އެ އޮފިސަރުން ތިބީ ބޮޑީ ކެމެރާ އަޅައިގެން ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މާ-އަ-ލާގޯގެ ސެކިއުރިޓީ ވަރަށް ވަނީ ވަރުގަދަކޮށްފަ އެވެ. އަދި ޕާމް ބީޗް ޝެރިފުން ބޭރު ވަށައިގެންވާ ސަރަހައްދު ސިއްރު ފުލުހުން ބަލަހައްޓަ އެވެ. އަދި ކާރުތަކާއި ކޮތަޅުތައް ކުއްތާތަކާއި މެޓަލް ޑިޓެކްޓަރުން ޗެކް ކުރެ އެވެ.
ޓްރަމްޕް އަވަހާރަކޮށްލުމަށް އެތަކެއް ފަހަރު މަސައްކަތްކޮށްފައިވެ އެވެ.
ޖުލައި 2024ގައި އެމެރިކާގެ ޕެންސިލްވޭނިއާގެ ބަޓްލާގައި ޓްރަމްޕް ވާހަކަ ދައްވަނިކޮށް ކަންފަތަށް ބަޑި ޖަހާފައިވެ އެވެ. އެ ހާދިސާގައި އެކަކު މަރުވެ، އިތުރު ދެ މީހަކު ޒަހަމްވި އެވެ. އަދި ބަޑި ޖެހި 20 އަހަރުގެ މެތިއު ކްރޫކްސް ސަލާމަތީ ބާރުތަކުން ވަގުތުން މަރާލި އެވެ.
ޓްރަމްޕްގެ ގޭގެ ސަރަހައްދަށް ވަން ހަތިޔާރު އެޅި މީހަކު މަރާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ