ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފި
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 100 އަށް ވުރެ ގިނަ ކުދިން އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވިލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ އެކި އެކި ސަބަބުތަކާ ހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށް ފަހު އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ކުޑަކުދިންގެ ހިޔާތަކުގައި ތިބި 110 ކުއްޖަކު، މިދިޔަ މަހުގެ ނިޔަލަށް 'ފޯސްޓަކެއާ'ގެ ދަށުން އެކިއެކި އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.'ކޮންމެ ކުއްޖަކަށް އާއިލާއެއް' ނަމުގައި އެ މިނިސްޓްރީން ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ނަގަން ބޭނުންވާ އާއިލާތަކާ ހަވާލުކުރުމަށް ފަހު، އެކުދިންގެ ކަންކަން ވަރަށް ގާތުން މިނިސްޓްރީން ބަލަމުން އަންނަ ކަމަށް ވެސް އައިޝަތު ޝިހާމް ވިދާޅުވި އެެވެ."ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެއް ކޮންމެ ކުއްޖަކަށް އާޢިލާއެއް. މި ޕްރޮޖެކްޓުގެ ދަށުން 2023 ގެ ނޮވެމްބަރުން ފަށައިގެން 110 ކުދިން އެކުދިންގެ އާއިލާއަށް ނޫނީ، އައު އާޢިލާތަކާއި ހަވާލުކުރެވިގެން ވަރަށް ރަނގަޅަށް އެބަހިނގާ. އަޅުގަނޑުމެންގެ އެދުމަކީ މި ޕްރޮގްރާމުގައި ބައިވެރިވެ ކުދިން ބެލެހެއްޓުމުގައި ވުޒާރާއާއި ގުޅިގެން މަސައްކަތް ކުރުން " މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ