އައިޔޫއެމްގެ ޗާންސެލަރު އިސްތިއުފާ ދެއްވައިފި

އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމުން އިސްތިޢުފާ ދެއްވުމަށް، ޑރ. މުޙައްމަދު ޒާހިރު ޙުސައިން އިސްތިއުފާ ދެއްވައިފި އެވެ.
މިކަމާ ގުޅިގެން ރައީސއް ޑރ. ޔ މުޙައްމަދު މުޢިއްޒު މިއަދު ޒާހިރާ ބައްދަލު ކުރައްވައި ބައްދަލުކުރައްވައި، ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ޒާހިރާ ބައްދަލު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އެ މަނިކުފާނަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ވަރަށް އިޚުލާޞްތެރިކަމާ އެކުގައި މިންނަތް މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން އޭރު ފެއްޓެވި އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގަވައި ދެއްވުމުގައްޔާއި، ރާއްޖޭގެ އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލުތަކާއި، އަތޮޅު މަދަރުސާތައް ބިނާކުރައްވައި، ތަޢުލީމީ ރޮނގުން ރަށްރަށުގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް ކުރެއްވި ހީވާގި މަސައްކަތްޕުޅުތަކަކީ ވެސް، ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
ޒާހިރުދެއްކެވި ވާހަކައިގައި އިސްލާމީ=ިކް ޔުނިވަރސިޓީގައި ޚިދުމަތް ކުރެއްވުމަކީ، ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، މި ސަރުކާރުން ވެސް އެ ފުރުސަތު ދެއްވީތީ ޝުކުރު ދެންނެވިއެވެ. އަދި ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާ ކުރައްވައި، ފެންވަރު މަތިކުރެއްވުމަށް ރައީސް އިސް ނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފް ކުރެއްވި އެވެ.
ޒާހިރު ޙުސައިން ދައުލަތަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޚާއްޞަ ސިޓީފުޅެއް ވެސް ބައްދަލުވުމުގައި އެމަނިކުފާނަށް ރައީސް އެރުވިއެވެ.
ޒާހިރަކީ 49 އަހަރާއި 9 މަސް ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 33 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ފުޅެކެވެ. އެމަނިކުފާނަށް ދައުލަތުން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފައިވަނީ ނޮވެންބަރު 10، 2008 ގައެވެ. އަދި ރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު އެރުވީ 2024 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ