ގައުމީ ފުޓްސަލް ޓީމުގެ ރަނގަޅު ތައްޔާރީތަކުގެ ނަތީޖާ ނެރެވޭނެ ގައުމީ ފުޓްސަލް ޓީމުގެ ރަނގަޅު ތައްޔާރީތަކުގެ ނަތީޖާ ނެރެވޭނެ

ތައިލެންޑުގެ ނޮންތަބުރީގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުގެ ރަނގަޅު ތައްޔާރީތަކުގެ ނަތީޖާ ނެރެ ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޓީމުގެ ކޯޗު، އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވް ބުނެފި އެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕަޑް ތައްޔާރުވާން، ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުން ޑިސެމްބަރު މަހު އެއް ވަނަ ދުވަހު، ޕްރެކްޓިސް ފަށައި، މުބާރާތުގައި ވާދަކުރަން ތައިލެންޑުގެ ވެރިރަށް ބެންކޮކަށް އައީ ޗައިނާގައި 10 ދުވަހުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކޮށްފަ އެވެ.
"ކުރިއެރުމަކީ އަަހަރެމެން ޗައިނާއާ އެކު ތިން މެޗެއް ކުޅުނިން، ވަރަށް ހިތްހަމަޖެހޭ އެ މެޗުތަކުގައި ރަނގަޅަށް ކުޅުނީމަ، އަހަރެމެންގެ ތައްޔާރީތައް ދިޔައީ ރަނގަޅަށް. ދެން މުބާރާތަށް އަހަރެމެން މި ތިބީ ތައްޔާރަށް،" ގައުމީ ފުޓްސަލް ކޯޗު، ފާރޫކް، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
"ހުރިހާ ޓީމެއް ވެސް މި މުބާރާތަށް ތައްޔާރުވަމުން މި އަންނަނީ، ދެން، އެހެންވީމަ، މުބާރާތުގައި މި ހުރިހާ ޓީމަކަށް ވެސް މެޗުތައް އުނދަގޫވާނެ. އަހަރެމެން އެ މީހުންނާ އެކު ރަނގަޅަށް ކުޅެން މަސައްކަތް ކުރާނަން، އަހަރެމެން ބޭނުންވާ ނަތީޖާ ނެރެން، އެއީ ހަަމައެކަނި މޮޅުވުމަށް،"
ސާފްގެ ހަތް ގައުމުން ވާދަކުރާ، ސަރަހައްދުގެ ފުޓްސަލް ފުރަތަމަ މުބާރާތާ ކުރިމަތިލާއިރު، ރާއްޖޭން މުބާރާތަަކަށް ބިދޭސީ ކޯޗަކާ އެކު މި ނުކުންނަނީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން، އޭޝިއަން ކަޕް ކޮލިފައިން އާއި އިންޑޯ ގޭމްސް އަދި ތައިލެންޑް އިންވިޓޭޝަނަލް މުބާރާތެއްގައި ރާއްޖޭން ކުޅުނީ ދިވެހި ކޯޗުންނާ އެކު އެވެ.
ޗައިނާގައި ފުރިހަމަކުރި ކޭމްޕުން ފެނުނު އެންމެ ބޮޑު ކުރިއެރުމަކީ، ޕްރެކްޓިސް ތިން މެޗު ކުޅުނުއިރު، މެޗަަކަށް ފަހު މެޗެއްގައި ކުރިއަރައި، ޓީމު ވަރުގަދަވިތަން ފެނުން ކަމަށް ފާރޫކް ވަނީ ބުނެފަ އެވެ.
އުޒްބެކިސްތާން ގައުމީ ޓީމުތަކުގައި ވެސް ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފާރޫކް ބުނެފައިވަނީ، ޓާފްގައި ފުޓްސަލް ކުޅުމާއި އާއި އިންޑޯ ފުޓްސަލްގައި ބޮޑެތި ތަފާތުތަކެއް ހުންނާނެ ކަމަށެވެ.
"ޕިޗް ވަރަށް ވެސް ތަފާތު، އަހަންނަށް މިހާރު އެބައޮތް ޔަގީންކަން ކުުޅުންތެރިން މިހާރު ކުރިއަށް ވުރެން ރަނގަޅަށް ކުޅޭ ކަމުގެ. ގިނަ ޓްރެއިނިންތަކަކަށް ފަހު ރަނގަޅަށް މި އޮތީ، ދެން މުބާރާތުގައި ފެންނާނެ، އަހަރެމެންގެ ތައްޔާރީތައް ދިޔައީ ކިހިނެއްކަން،" ފާރޫކް ބުންޏެވެ.
ގައުމީ ފުޓްސަލް ސްކޮޑެއް އެކުލަވާލަން ކުރީ އުނދަގޫ މަސައްކަތެކެވެ. އެންމެ ފުރަތަމަ 35 އަށް ވުރެން ގިނަ ކުޅުންތެރިންނާ އެކު، ޕްރިލިމިނަރީ ސްކޮޑެއް ގޮވައިގެން ޕްރެކްޓިސް ފަށައި، ފުރަތަމަ ކުޑަކުރީ 25 ކުޅުންތެރިންނަށެވެ. އެ އަށް ފަހު، 18 އަށް ސްކޮޑު ކުޑަކޮށް ޕްރެކްޓިސްތަކެއް ކުރުމަށް ފަހު، 17 ކުޅުންތެރިންނާ އެކު ޗައިނާ ކޭމްޕަށް ދިޔަ އެވެ. އަދި، ޗައިނާ ކޭމްޕުން ތިން ކުޅުންތެރިން ބާކީކޮށް 14 ކުޅުންތެރިންގެ ފައިނަލް ސްކޮޑު އެކުލަވާލި އެވެ.
"ވަރަށް އުނދަގޫ ކަމަކަށްވީ ސްކޮޑު ފައިނަލް ކުރުން، އެއީ ގިނަ ކުޅުންތެރިންތަކެއް އެބަތިބި އެއް ފެންވަރަކަށް ހުނަރުހުރި، ރަނގަޅަށް ކުޅޭ. ވަރަށް އުނދަގޫ ކަމަކަށްވި ކުޅުންތެރިން ހޮވަން ޓީމަށް. އަހަންނަށް ގަބޫލުކުރެވޭ ގޮތުގައި ރަނގަޅު ކުޅުންތެރިން ފައިނަަލް ސްކޮޑުގައި އެ ތިބީ މި ވަގުުތު ފުޓްސަލް ކުޅެން،" ފާރޫކް ބުންޏެވެ.
ރާއްޖޭން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ކުޅޭ ފުރަތަމަ މެޗުގައި، މިއަދު ރާއްޖެ ގަޑިން އިރުއޮއްސި 18:00 ގައި ޕާކިސްތާނާ ދެކޮޅަށް ނުކުންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ