ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސައިކަލު ވިއްކާކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން މިއަދު ފޮނުވައިފި އެވެ.
ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް އިން ތަހުގީގު ފުރިހަމަކުރުމަށްފަހު ދައުވާ ކޮށްދިނުމަށް އެދުނީ އެ ކުންފުންޏާއި އެ ކުންފުނީގެ ވެރިޔާ ޕޯލާގްރޭސް، ދ. ބަނޑިދޫ، އަހުމަދު އާތިފް ހަސަންގެ މައްޗަށެވެ.
ކިންގްސްޓަންއިން 158 މީހުންނަށް ލަނޑު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެގޮތުން ސައިކަލް ޕޭމަންޓުގެ ގޮތުގައި 7,193,764.00ރ. އާއި 8,398.18 ޑޮލަރު ނަގާފައިވާކަން ތަހުގީގަށް ވަނީ ހޯދިފަ އެވެ.
އެ ކުންފުނިން ސައިކަލު ވިއްކުމުގެ ނަމުގައި ވިޔަފާރި ފެށީ 2018 ވަނަ އަހަރުގެ ކުރީކޮޅު އެވެ. އެ ކުންފުނިން އޭރު ބުނީ ސައިކަލްތައް ހަވާލުނުކުރެވުނީ ޝިޕްމެންޓު ޑިލޭވެގެން ކަމަށެވެ.
ކިންގްސްޓަންގެ ޝޯ ރޫމުގައި ސައިކަލުތަކެއް ޑިސްޕްލޭ ކުރީ ވެސް ވީ މޮޓާސް ކިޔާ ކުންފުންޏަކުން ލޯނަށް ނަގައިގެންނެވެ. އަދި ހުއްދަ ނެތި އެ ސައިކަލުތައް ވިއްކުމަށްފަހު ކިންގްސްޓަން އިން 1.2 މިލިއަން ރުފިޔާ ހޯދި އެވެ. އެކަމަކު އެ ފައިސާ ވީ މޮޓާސްއާ ހަވާލެއް ނުކުރެ އެވެ.
އެ މައްސަލާގައި އެ ފައިސާ ދައްކަން ވެސް އެ ކުންފުނީގެ މައްޗަށް އޮތީ އޮގަސްޓު 2025، ގައި ހުކުމްކޮށްފަ އެވެ.
ކިންގްސްޓަންގެ ސައިކަލު ސްކޭމް މައްސަލައިގައި ދައުވާ ކުރުމަށް ޕީޖިއަށް ފޮނުވައިފި ކިންގްސްޓަންގެ ސައިކަލު ސްކޭމް މައްސަލައިގައި ދައުވާ ކުރުމަށް ޕީޖިއަށް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ