ހުޅުމީދޫ މަސް ޕްރޮސެސިން ފެސިލިޓީ ހުޅުވައިފި

އައްޑޫ ސިޓީ، ހުޅުމީދޫގައި ގާއިމުކުރި، މަސް ޕްރޮސެސިން ފެސިލިޓީ ހުޅުވައިފި އެވެ.މި ފެސިލިޓީ ހުޅުވީ މިކަމަށްޓަކައި ހުޅުމީދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މިތަން ރަސްމީކޮށް ހުޅުވައިދެއްވީ، މަަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާމިނަތު ހުސައިން ޝަރީފެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރާއި، މިފްކޯގެ އިސްވެރިންނާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނީ މިއީ ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަގުސަދުގައި، ގާއިމްކުރި ފެސިލިޓީއެއް ކަމަށެވެ. އެގޮތުން އައްޑޫގައި މަސް ޕްރޮސްކުރާ ފެސިލިޓީގެ ސަބަބުން އައްޑޫ ރައްޔިތުންނަށް ރައްކާތެރިގޮތުގައި މަސް ބަންދުކޮށް، އިތުބާރު ހިފޭ އުފެއްދުންތަކެއް ލިބި، މަސްވެރިކަމުން ނަފާ އިތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.މިފްކޯގެ އުފެއްދުންތެރިކަން އިތުރު ކުރުމަށްޓަކައި އަންނަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފްކޯއިން ވަނީ، މަސް ގަތުމާއި، ރައްކާ ކުރުމުގެ ޤާބިލުކަން އިތުރު ކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވެލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރު ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ