އައްޑޫގެ ގުޅިފައިވާ ރަށްރަށުން ކަރަންޓުގެ ހިދުމަތް އަނެއްކާވެސް މެދުކެނޑިއްޖެ އެވެ.
ވީ ކިހިނެއް؟ - އިންޖީނެއްގެ މައްސަލަޖެހި އައްޑޫން މިއަދު ހެނދުނު ކަރަންޓު ކެނޑުނުއިރު، ކަރަންޓުގެ މައްސަލައަކީ އައްޑުއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ.
ތަފްސީލް - ހިތަދޫ ފެނަކަ ބްރާންޗުން ބުނީ، އިންޖީނަކަށް މައްސަލައެއް ދިމާވެ ޕަވަހައުސް ޑައުންވެފައިވާ ކަމަށެވެ. އައްޑޫގެ ގުޅިފައިވާ ރަށްރަށުން ކަރަންޓު ކެނޑިފައިވާ ކަމަށާއި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިން ބުންޏެވެ.
އައްޑޫން ކަރަންޓު ކެނޑޭ މައްސަލަ އަށް ހައްލެއް ގެނެވިފައި ނުވާތީ އެ ސިޓީގެ އާންމުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ކުރަމުންނެވެ.
ގުޅުން ހުރި - އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްއި 30 މެގަވޮޓު އިތުރުކުރާ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
މިދިޔަ މަހު ކުރީކޮޅު ރައީސް މުހައްމަދު މުއިއްޒު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެ އަތޮޅަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން އާ މަޝްރޫއެއް ވަނީ އިއުލާން ކުރައްވާފަ އެވެ.
އެ މަޝްރޫއު އިއުލާން ކުރައްވަމުން ރައީސް ވިދާޅުވީ:
ހިތަދޫގައި އަލަށް 32 މެގަވޮޓުގެ އިންޖީނުގެއެއް ގާއިމުކުރާނެ
ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރާނެ
މި މަޝްރޫއުގެ އަގަކީ 59 މިލިއަން ޑޮލަރު؛ ފެނަކަ އިން ފައިސާ ދައްކަން 12 އަހަރު ލިބޭނެ
އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ