ޕްރައިމަރީ ކޮންޓެކްޓަކަށްވެ މެމްބަރު އީސަ އައިސޮލޭޝަނަށް

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ކޯވިޑް-19ގެ ޕްރައިމަރީ ކޮންޓެކްޓަކަށްވެ އައިސޮލޭޝަނުގައި ހުންނަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާ މިއަދު ފަށްޓަވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ މުވައްޒަފުގެ ޕްރައިމަރީ ކޮންޓެކްޓަކަށް އެ ކޮމިޓީގެ މުގައްރިރު ކަމަށްވާ މެމްބަރު އީސަ ފާހަގަވެފައިވާ ކަމަށެވެ. އަދި މެމްބަރު އީސަ މިހާރު ހުންނެނީ އައިސޮލޭޝަނުގައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ނަޝީދު ވަނީ ޕްރައިމަރީ ކޮންޓެކްޓަކާ ވެސް އަދި ކޮންމެ ގޮތަކަށް ވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ބައްދަލުވާ އިރުގައި މާސްކް އަޅުއްވައިގެން ހުންނެވުމަށް ވެސް އިލްތިމާސްކުރައްވާފައެވެ.
މީގެކުރިން ވެސް މަޖިލީހުގެ އިދާރާގެ ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އެފަހަރު ޕޮޒިޓިވް ވެފައިވަނީ އެ އިދާރާގެ މެއިންޓަނެންސް ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފެއްގެ އިތުރުން ޑްރައިވަރެކެވެ.
މަޖިލީހުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މަޖިލީހުގެ ޖަލްސާތައް މިހާރު ބާއްވަމުން ގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ