ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައެއްގެ މީހަކު ހާޒިރުކުރަން އިޢުލާން ކޮށްފި

ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ޙާޟިރުކުރެވިފައިނުވާ މީހަކު ހާޟިރުވުމަށް ފުލުހުން އިޢުލާންކޮށްފިއެވެ. 
މިމައްސަލާގައި ޙާޟިރުކުރަން ބޭނުންވަނީ ތ. ތިމަރަފުށި/އަސަރީގެ، ޙަސަން ނިޒާރު (59އ)(A251407) އެވެ. މިމީހާ ޙާޟިރުކުރަންބޭނުންވަނީ ކުޑަކުއްޖަކަށް ޖިންސީގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށެވެ.
ފުލުހުންގެ އިޢުލާނުގަިއވާގޮތުން މީނާ ޙާޟިރުވާންޖެހެނީ 2020 އޮކްޓޯބަރު 3 ވަނަ ދުވަހުގެ 10:00 އަށް ތ. ތިމަރަފުށި ޕޮލިސް ޓޭޝަންއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ