ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކްރިމިނަލް ކޯޓް ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހުސައިންނާއި ގާނޫނީ ވަކީލް ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރުމާމެދު ލަފައެއް ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފޮނުއްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ ފަސް ބޭފުޅެކެވެ. މަދުވާ ދެ ފަނޑިޔާރުން އައްޔަން ނުކޮށް އޮންނަތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފަ އެވެ.
ގާޒީ އަލީ ރަޝީދަކީ ސިވިލް ކޯޓުގެ ކުރީގެ އިސް ގާޒީ އެވެ. އަދި ކްރިމިނަލް ކޯޓަށް ބަދަލުކޮށްފައި ވަނިކޮށް އެ ކޯޓުގައި ހިންގި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ހިންގި ތިން ފަނޑިޔާރުންގެ ބެންޗުގައި ރިޔާސަތުގައި ވެސް އިންނެވި އެވެ. ޑރ. މުހައްމަދު އިބްރާހިމް މަސައްކަތް ކުރައްވަމުން އައީ ޕްރިމިއާ ޗެމްބާސް ލޯ ފާމުގަ އެވެ. މި ދެ ބޭފުޅުންނަކީ ވެސް ގާނޫނީ ދާއިރާގެ ތަޖުރިބާކާރު ދެ ބޭފުޅުންނެވެ.
(ތަފްސީލް އަންނަނީ)
ސުޕްރީމް ކޯޓަށް ގާޒީ އަލީ ރަޝީދާއި މުހައްމަދު އިބްރާހިމް އައްޔަން ކުރަން ލަފަޔަށް އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ