ޑައިރެކްޓް ކޮންޓެކްޓްވެ، މެމްބަރު ޙަސަން ލަތީފް ހޯމް ކަރަންޓީންގައި

ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ޙަސަން ލަތީފް ކޯވިޑް- 19 އަށް ޑައިރެކްޓް ކޮންޓެކްޓްވެ، ހުންނެވީ ކަރަންޓީނުގައެވެ.
މިކަން ހާމަކުރައްވައިފައިވަނީ މެމްބަރު ހަސަން ކުރެއްވި ޓްވީޓެއްގައެވެ. އޭނާވިދާޅުވީ މަންމާފުޅު ކޯވިޑް-19 އަށް ޓެސްޓްކުރިއިރު ޕޮޒިޓިވް ވެފައިވާކަމަށެވެ. މަންމާފުޅު މިހާރު ހުންނެވީ އައިސޮލޭސަން ފެސިލިޓީގައި ކަމަށެވެ. މެމްބަރ ޙަސަން ހޯމްކަރަންޓީން ވެވަޑައިގެންނެވީ، އޭނާގެ މަންމާފުޅުގެ ޑައިރެކްޓް ކޮންޓެކްޓަކަށް ވުމުންނެވެ. ޙަސަންގެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވެފައެވެ. ނަމަވެސް 14 ދުވަސް ފުރިހަމަކޮށް އަދި ޓެސްޓް ހަދަން ޖެހޭނެއެވެ. 
މިހާރު މަޖިލީސް އޮތީ ޗުއްޓީގައެވެ. ނަމަވެސް އަންނަ މަހުގެ ފަސްވަނަ ދުވަހު މަޖިލިސްގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފެށުމަށް ވަނި ނިންމަވައިފައެވެ. މިއަދުން ބަލާނަމަ މެމްބަރު ޙަސަން ކަރަންޓީން މުއްދަތު ޖަލްސާ ފެށެންވާއިރަށް ހަމައެއް ނުވާނެއެވެ. އެހެންކަމުން ތިންވަނަ ދައުރުގެ ޖަލްސާތައް ފަށްޓަވާއިރު ޙަސަނަށް ޖަލްސާތަކަށް ވަޑައެއް ނުގަނެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ