މިއަދު 143 މީހުން ޕޮޒިޓިވް ވެއްޖެ

މިއަދު ކޮވިޑް-19 އަށް އިތުރު 143 މީހުން ޕޮޒިޓިވް ވެއްޖެއެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 140 މީހަކާއި، އަތޮޅުތަކުން ޕޮޒިޓިވްވި 3 މީހެކެވެ.
މީގެތެރޭގައި ހިމެނެނީ 87 ދިވެހިންނާއި ބަންގްލަދޭޝްގެ 40 މީހަކާއި، އިންޑިއާ 10 މީހަކާއި ނޭޕާލްގެ 3 މީހަކާއި ސްރީ ލަންކާ 2 މީހަކާއި މިސްރު މީހެކެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 5366 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2461 މީހުންނަށް ކަމަށްވާއިރު މީގެތެރެއިން 150 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 2884 އަށް އަރާފައިވާއިރު، މި ބަލީގައި 21 މީހަކު ވަނީ މަރުވެފައެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އެޗްޕީއޭ އިން ވަނީ ރޭގަނޑު 10 އިން ފަތިހު 5 އާއި ހަމައަށް މާލެ ސަރަހައްދުގައި ކާފިއު ހިންގުމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ