ބޮޑުފިނޮޅުގެ މަސައްކަތްތެރިންނަށް މުސާރަ ހޯދައިދޭން މަސައްކަތް ފަށައިފި

ބ. ބޮޑުފިނޮޅުގަައި މަސައްކަތް ކުރި އަދި މުސާރަ ނުލިބިތިބި ފަރާތްތަކަށް، މުސާރަ ހޯދައިދިނުމުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ހިލޭ ސާބަހަށް މަސައްކަތް ފަށައިފި އެވެ.
މަދަނީ އެކި މައްސަލަތަކުގައިވެސް ހިލޭ ސާބަހަށް މަސައްކަތް ކުރާ ޕީއައިއެލްސީގެ ވަކީލުންގެ ޓީމެއް މިއަދު ބޮޑުފިނޮޅަށް ގޮސް، އެތަނުގެ މުވައްޒަފުންނާ ވަނީ ބައްދަލުކޮށް ވާހަކަ ދައްކާފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެސެންޓަރުގެ އެއް ވަކީލެއް ކަމުގައިވާ މަރިޔަމް ޝުނާނާ އޮންލައިން ނޫހެއް ކަމަށްވާ "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޕީއައިއެލްސީ ގެ ވަކީލުންގެ ޓީމުން މިއަދު 170 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެެރިންނާ ވާހަކަ ދައްކާފައިވާ ކަމަށާއި އެގޮތުން ބައެއް މީހުންނަށް ހަ މަހަށްވުރެ ގިނަ ދުވަހު މުސާރަ ދީފައި ނުވާ ކަމަށް ވެސް ޝުނާނާ ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވަނީ، މުސާރަ ނުލިބޭ ދިވެހިންވެސް ހިމެނޭ ކަމަށް. މިއަދު ވާހަކަ ދެއްކީ ބިދޭސީންނާ އެކަނި. ބޮޑުފިނޮޅުގެ އުޖޫރަ ނުލިބޭ ހުރިހާ މަސައްކަތްތެރިންނަށް ވެސް ގާނޫނީ އެހީތެރިކަން ދިނުމަށް ޕީއައިއެލްސީން މިހާރު ވަނީ ނިންމާފައި،" ޝުނާނާ އެނޫހަށް މައުލޫމާތު ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ