އުތުރުގެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސްވެ، ރީނދޫ ސަމާލު!

ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ރީނދޫ ސަމާލު ނެރެފައި، ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި، 30 މޭލާއި ދެމެދުގެ ބާރިމިނުގައި ވައި ޖެހު، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަަމަށް ލަފާކޮށެވެ. އަދި އެ ސަރަހައްދުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ބ އަތޮޅާއި ހަމައަށެވެ.މީގެ އިތުރުން އުތުރާއި މެދުރާއްޖެ ތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ އިލްތިމާސް ކޮށްފައެވެ.ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު އަންނަނީ ބޯކޮށް ވާރޭ ވެހި އަދި އުދަ އަރައި ގެއްލުން ވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ