2023ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރޭނެކަން އެޕާޓީން އިއުލާނުކޮށްފި އެވެ.
ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއިކުރުމަށް މިރޭ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ ބޮޑުކޮށް ވަރުގަދަކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޕާޓީގެ މެންބަރުންގެ އަދަދު 30،000 އިތުރުކުުރުމަށް މަސައްކަތް ކުރަމުންދާކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ "ރިފޯމް"ކުރުމުގެ މަސައްކަތް ފެށިފައިވާކަމަށާ ކުރިއަށް އޮތްތާ ރާއްޖޭގައި އޮތް އެންމެ ޑިމޮކްރަޓިކް ޕާޓީއަށް ވެގެންދާނީ ޖުމްހޫރީ ޕާޓީކަމަށެވެ.
ގާސިމް ވިދާޅުވީ 2023ވަނަ އޮންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރޭނެކަމަށެވެ.
"އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީންވެސް ކެންޑިޑޭޓަކު ނެރޭނެ. އެކަން ކަށަވަރު. އެއީ ކޮން ބޭފުޅެއްތޯ އަޅުގަނޑުތޯ ނޫނީ އެހެން ބޭފުޅެއްތޯ ނިންމާނީ ޖުމްހޫރީ ޕާޓީން." 2008ވަނަ އަހަރު އަދި 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އަބަދު ތިންވަނަ ޕާޓީގެ ގޮތުގައި ނުވަތަ ދެވަނަ ޕާޓީގެ ގޮތުގައި ނޯންނާނެކަމަށެވެ. ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އެއްވަނަ ޕާޓީގެ ގޮތުގައިވެސް އޮންނާނެކަމަށެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް އަންނަ ބަދަލުތަކުގެ ތެރެއިން ޕާޓީގެ ލީޑަރު އިންތިޚާބުކުރާގޮތަށްވެސް ބަދަލު ގެނައުމަށް ހުށައަޅަން ގަސްތުކުރައްވާކަމަށެވެ. އެގޮތުން ޖޭޕީގެ ލީޑަރަކީ ކޮންގްރެސްއިން އިންތިޚާބުކުރާ ބޭފުޅެއްގެ ގޮތުގައި އޮތް އޮތުން ބަަދަލުކޮށް، ލީޑަރު ކަނޑައެޅުން އާންމު މެންބަރުންގެ ވޯޓަށް ބަދަލުކުރައްވާނެކަމަށް ވިދާޅުވިއެވެ.
2023ގައި ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ