ދިޔާނާއާ އެކު ހަ ބޭފުޅަކު ސުޕްރީމް ކޯޓް ފަނޑިޔާރުކަމަށް ކުރިމަތިލައިފި
ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާ އެކު ހަ ބޭފުޅަކު ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފި އެވެ. ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖޭއެސްސީއިން އިއުލާން ކުރީ އެ ކޯޓްގެ ފަނޑިޔާރަކަށް ހުންނެވި، އަބްދުﷲ ދީދީ ސުލޫކީ މައްސަލައެއްގައި އެ މަގާމުން ދުރުކުރުމުން އެވެ. އެ މުއްދަތު ހަމަވީ މިއަދު މެންދުރު 12:00 އަށެވެ. ދިޔާނާގެ އިތުރުން ދެން ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ކުރިމަތިލީ، މަރިޔަމް ނިހާނަތާއި ހައިކޯޓްގެ ފަނޑިޔާރު އަލީ ސަމީރާއި އެ ކޯޓްގެ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި މުހައްމަދު ނިޔާޒް އާއި ހަސަން އަލީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ