ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނުން ހޯދަން އިއުލާނުކުރި މީހާ ހައްޔަރުކޮށްފި އެވެ. އެ މީހާ ހައްޔަރު ކުރީ ތެޔޮ ހުސްވެގެން ރޭ ދަންވަރު ހާލުގައި ޖެހުނު ލޯންޗުގައި ހުއްޓަ އެވެ.
މަރު ކޮމިޝަނުން އިއްޔެ އިއުލާން ކުރި ފޮޓޯގައި ބުނެފައިވާ ގޮތުން މ. ކުރިރުއްގޭ، އިރުފާން ރުޝްދީ އަކީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދާ ނުފެނިފައިވާ މީހެކެވެ. އަދި ނުފެނިގެން ހޯދުމަށް އިއުލާން ކޮށްފައިވާ އިރުފާން އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ ކޮމިޝަނާ ހިއްސާ ކުރަން ވެސް އެދިފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިރުފާނު ހައްޔަރުކޮށްފައި ވަނީ ރޭ ގދ. ތިނަދޫން ނުކުމެ އުޅެނިކޮށް ތެޔޮ ހުސްވެގެން ހާލުގައި ޖެހުނު ލޯންޗުގައި ހުއްޓަ އެވެ.
ހަތަރު މީހުންނާއެކު 36 ފޫޓުގެ "ބްލޫ ވޭލް" ލޯންޗް ގދ. ކާޑެއްދޫ ބޭރުން ތެޔޮ ހުސްވެ އިންޖީނު ހުއްޓިގެން ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު އެވެ. އެ ހާދިސާ ހިނގި އިރު ލޯންޗުގައި ތިބީ ތިން ދިވެހިންނާއި ބިދޭސީއެކެވެ. އޭގެ ތެރޭގައި އިރުފާނު ހިމެނެ އެވެ. އޭނާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އިރުފާންއަކީ ޖޫން 3، 2016 ގެ ރޭ ދެ ގޭންގެއް ދެމެދު ހިނގި މާރާމާރީގައި މ. ސަރުމާގޭ، ފާތިރު މުހައްމަދު ނަމަކަށް ކިޔާ ކުޑަ ކުއްޖަކު މަރާލި ކަމުގެ ތުހުމަތުގައި ހޯދަން އިއުލާންކޮށްފައިވާ މީހެކެވެ. މަރު ކޮމިޝަނުން އޭބާ ހޯދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
(ތަފްސީލް އަންނަނީ)
މަރު ކޮމިޝަނުން ހޯދާ މީހާ ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ