އދ މާމިގިނލީގައި ކަރަންޓުގެ މައްސަލަ ބޮޑުވެފައިވެ އެކަމާ ރައްޔިތުން ކަންބޮޑުވެއްޖެއެވެ.
މާމިގިނލީގެ މިހާރު ދިރިއުޅޭ މީހެއް "ވަގުތަށް" މައުލޫމާތު ދެމުން ބުނީ މާމިގިނލީން ކަރަންޓުދާތާ ތިން މަހަށްވުރެސް ގިނަ ދުވަސްވެފައިވާ ކަމަށާއި އެ މައްސަލައަށް އަދިވެސް ހައްލެއް ލިބިފައިނުވާ ކަމަށެވެ.
"އަޅުގަނޑު މިރަށަށް އައީ މިދިޔަ ނޮވެމްބަރުގަ އޭރުވެސް ރަށުން ކަރަންޓުދޭ." މާމިގިނލީގައި މިހާރު ދިރިއުޅޭ ފަރާތަކުން ބުންޏެވެ.
އޭނާ ބުނީ މާމިގިނލީގެ ހުރިހާ ކަމެއް ކުރަނީވެސް ވިލާ ކުންފުނިން ކަމަށާއި އެގޮތުން ކަރަންޓުވެސް ފޯރުކޮށްދެނީ ވިލާ ކަމުގައެވެ. ކަރަންޓު ކެނޑެންދިމާވާ މައްސަލައެއް ކައުންސިލުން ރައްޔިތުންނަށް އަންގާފައެއް ނުވާ ކަމަށާއި ޓީވީއަށް އަރައިދިން އިންޓަވިއުއެްގައި ކައުންސިލުން ކަރަންޓުދާތާވީ ދެ ދުވަހޭ ބުނިއިރުވެސް ރަށުން ކަރަންޓުދާތާ ދެ މަސްވާން އުޅޭ ކަމަށެވެ.
"ކަރަންޓު އަބަދު ކެނޑެން ފެށީ އެއް ޖަނަރޭޓަރ ހަލާކުވުމުން. އޭއާރޕޯޓް ތަންތަނަށް ވަރަށް ބޮޑަށް ކަރަންޓު ޔޫސްކުރޭ އެހެންވެ ގޭތަކުން އެހާގިނައިން ކަރަންޓު ދަނީ." އޭނާ ބުންޏެވެ.
އޭނާ ބުނީ މިހާރު އިރުއިރުކޮޅާ ކަރަންޓު ކެނޑޭކަމަށާއި ދަންވަރު އެއްކޮށްވެސް ކަރަންޓު ކެނޑިފައި ހުންނަ ކަމަށެވެ.
"މިއަދުވެސް އިރުކޮޅަކާ ކެނޑޭއެބަ. ކޮންމެ ދެ ގަޑިއިރަކުން 30 މިނެޓު ހުންނަނީ ކަރަންޓު ގޮސްފަ. އެއްކޮޅަށް ކަރަންޓު އައިސްސިޔާ އަނެއްކޮޅުން ކަރަންޓުދޭ. އެއްކޮށްވެސް ބައެއް ފަހަރުދޭ. އަބަދު އަބަދު ކަރަންޓުދާތީ އޭސީފަދަ އެއްޗެހީގައި ވަރަށް އަވަހަށް މައްސަލަޖެހޭ." އޭނާ ބުންޏެވެ.
އޭނާ ބުނީ މިރަށު ކަންކަން ކޮށްދިނުމަށް ވިލާއިން ހަވާލުވަނީ ކަމަށާއި އެމީހުން ބޭނުންވަނީ ހުރިހާ ހިދުމަތެއްވެސްދޭން ކަމަށެވެ.
"މިރަށު މީހުން ނޫޅޭ އެއްވެސް ކަމެއް ކުރާކަށް ނުވެސްކުރާނެ. ހައްލެއް ހޯދާކަށްވެސް ނޫޅޭ. ވިލާއިން ހުރިހާ ކަމެއް މިރަށަށް ކޮށްދެނީ." އޭނާ ބުންޏެވެ.
މާމިގިނލީ ކައުންސިލް މެންނަރު ތައުފީގަށް "ވަގުތުން" ގުޅުމުން ވިދާޅުވީ މާމިގިނލީގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި ކަރަންޓުގެ މައްސަލަވެސް ދިމާނުވާ ކަމަށެވެ،
"ކަރަންޓުދާނެ ވަރަށް ގިނަ ތަންތަނުން ހާއްސަކޮށް މިރަށަކުން ކަރަންޓެއް ނުދޭ. މި ރަށަކުނެތް އަނެއްހެން މައްސަލަތަކެއް. އަނެއްހެން އާންމުކޮށް ހިނގާކަންކަން ހުންނާނެ." ތައުފީގު ވިދާޅުވިއެވެ.
މާމިގިނލީ ހެލްތް ސެންޓަރުން "ވަގުތަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަށުން ކަރަންޓުދާ ކޮންމެ ފަހަރަކު ހެލްތް ސެންޓަރުންވެސް ކަރަންޓުދާ ކަމަށާއި އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ހެލްތް ސެންޓަރުން ބުނީ ހެލްތް ސެންޓަރުގައި ހުންނަ ކުޑަ ޖަނަރޭޓަރެއް ޖައްސައިގެން ކަރަންޓުދާ ވަގުތުތަކުގައި މެނޭޖްކުރެވޭތޯ މަސައްކަތްކުރާ ކަމަށާއި ނަމަވެސް މެޝިނަރީތައް ހިންގޭވަރެއް އެ ޖެނަރޭޓަރުން ނުވާ ކަމަށެވެ.
"ޕޭޝަންޓުންނަށް ވަރަށް ދަތިވޭ. ކަރަންޓު ގޮސްސިއްޔާ އަޅުގަނޑުމެން އޭތި ހިންގައިގެން މެނޭޖްކުރަނީ އެކަމަކު މެޝިނަރީ އެއްޗެއްސަށް ކަރަންޓުދީގެނެއް ނުއެއް ހިންގޭ." ހެލްތް ސެންޓަރުން މައުލޫމާތުދިނެވެ.
މާމިގިނލިއިން ކަރަންޓު ދާތީ ރަށުގެ ރައްޔިތުން ކަންބޮޑުވެފަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ