ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ ގުޅިގެން ބިޓް-ކޮއިންއަށް ވުރެ ރައްކާތެރި ޑިޖިޓަލް ފައިސާއެއް ތައާރަފް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ސައުދީ އަރަބިއްޔާގެ މަނިޓަރީ އޮތޯރިޓީން ބުނީ ކޮންސަލްޓެންޓެއް މެދުވެރިކޮށް ޔުނިޓެޑް އަރަބް އެމިރޭޓްސް އާއި ސައުދީ އަރަބިއްޔާގެ ސެންޓްރަލް ބޭންކްއާއި ދެމެދު މުއާމަލާތް ހިންގޭނެ ގޮތަށް އާ ޑިޖިޓަލް ފައިސާއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަލް އިގްތިޞާދަ ނޫހުގައި ވާ ގޮތުން އަންގާރަ ދުވަހު ފެއްޓި މަސައްކަތް ކުރިއަށްދާ ގޮތް ހަމަސް ދުވަސް ވަންދެން އިވެލުއޭޓް ކުރުމާއެކު ޑިޑިޖިޓަލް ކަރަންސީ އުފެއްދުމުގައި ދިމާވާ ދަތިތަކުން ފިލާވަޅު ލިބިގެން ކާމިޔާބާ ދިމާލަަށް މިސްރާބު ޖެހުމަށް ގަސްދު ކޮށްފައިވާކަން ސައުދީގެ ސެންޓްރަލް ބޭންކުގެ ގަވަނަރަށް ހަވާލާދީ ބުނެފާވެއެވެ.
ގަވަނަރ އަހްމަދު ވިދާޅުވީ އަލަށް އުފައްދާ ޑިޖިޓަލް ފައިސާ ބިޓް-ކޮއިން އާއި ތަފާތުވާނެ ކަމަށާއި މި ފައިސާ ކިތަންމެ މޮޅުވިޔަސް މި ވަގުތު އާންމުން ބޭނުންކުރަން މި ފައިސާ ދޭން ނުވިސްނާ ކަމަށެވެ.
ޑިޖިޓަލް ފައިސާ އަކީ ގައުމުތައް ބަލައި ގަންނަ އެއްޗަކަށް ހެދޭތޯ ޔުނިޓެޑް އަރަބް އެމިރޭޓްސް އާއި ސައުދީ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
ބިޓް ކޮއިން އާ ބެހޭ ބައެއް ޝަކުވާތައް ހުރިނަމަވެސް، ބްލޮކްޗެއިން އުފައްދަމުން ދަނީ ބިޓްކޮއިންއަށް ދިމާވާ މައްސަލަތައް ރަގަނޅު ކުރަމުންނެވެ.
އަލަށް އުފައްދާ ޑިޖިޓަލް ފައިސާ ހަމަ އެކަނި ބޭނުން ކުރެވިގެންދާނީ ދޭދޭ ގައުމު ތަކުގެ ބޭންކް މުއާމަލާތް ކުރުމަށެވެ. އެންމެ ފުރަތަމަ މި ފައިސާ ބޭނުން ކުރާނީ ޔޫއޭއީ އާއި ސައުދީއާ ދެމެދުއެވެ. އެ ދެ ގައުމުންވެސް ވަނީ އުފައްދަމުންދާ ޑިޖިޓަލް ފައިސާ އަކީ އެއްޗެހި ގަނެ ވިއްކަން ބޭނުން ކުރެވޭނެ އެއްޗެއް ކަމުގައި ރަސްމީކޮށް ބަލައިގަނެފަ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ސައުދީ އާއި ޔޫއޭއީ ގުޅިގެން ޑިޖިޓަލް ފައިސާ ތައާރަފް ކުރުމުގެ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ