ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ދިރިއުޅުއްވާ އެންދެރިމާގެ ވެސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ކުރަން ފަށައިފިއެވެ.
ރައީސް މައުމޫންގެ އަރިސް ބޭފުޅަކު ވީއެފްޕީއަށް ވިދާޅުވި ގޮތުގައި އެންދެރިމާގެއަށް ފުލުހުން ވަނީ ތިނެއް ޖަހާއެހާކަށްހާއިރުއެވެ.
ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގެއަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަން އިރު، ފުލުހުން ދަނީ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ދިރިއުޅުއްވާ މ.ސްނޯރޯޒް ވެސް ބަލައި ފާސް ކުރަމުންނެވެ.
ފާރިސްގެ ގެ ބަލައި ފާސް ކުރަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ބެހި ކަމަށް ތުހުމަތު ކުރެވޭތީއާއި، މަޖިލީހުގެ މެންބަރުންތަކަކާއި ގުޅިގެން ގާނޫނީ ވެރިކަން ވައްޓާލަން ގާނޫނާ ހިލާފު މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ތުހުމަތު ކޮށެވެ.
ފުލުހުން އެންދެރިމާގެ ބަލައި ފާސް ކުރި ނަމަވެސް ކޯޓުން އަމުރު ދީފައިވަނީ ކޮން ތުހުމަތަކާއި ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ.
މިހަބަރާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
މައުމޫން ދިރިއުޅުއްވާ އެނދެރިމާގެ ވެސް ފުލުހުން ބަލައި ފާސް ކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ