ފާރިސް މައުމޫން ދޫކޮށްލައިފި

ފާރިސް މައުމޫނު ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއެކު ކްރިމިނަލް ކޯޓުން ދާދި ދެންމެއަކުއެވެ.
ރިޝްވަތުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލާފައިވަނީ މާފުށީ ޖަލުގައި ބަހައްޓާފައި ހުންނަތާ ހަ މަސް ފަހުންނެވެ.
ކްރިމިނަލް ކޯޓުން ފާރިސް ދޫކުރި މިއަދު ދޫކުރި އިރު އޭނާ އަށް ވަނީ ތިން ޝަރުތެއް ކޮށްފަ އެވެ.
އެއީ މައްސަލައަށް ހެތްކަށް ނުފޫޒު ފޯރާނެ ފަދަ ކަމެއް ނުކުރުމާއި، މާލެއިން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ހޯދުމާއި ކޯޓުން އަންގާ ވަގުތަށް ކޯޓަށް ހާޒިރުވުމަށް ކުރި ޝަރުތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ