ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތުމަށް މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށާއި އެއީ ހުދުމުހުތާރު ބޭފުޅެއް ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ މިއަދު ވިދާޅުވެއްޖެ އެވެ.
އުމަރު ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅިވަޑައިގަތުމުން ޓުވިޓާގައި އެކަމަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ އެއް ބޭފުޅަކީ މުސްތަފާ އެވެ.
އޭނާ ވިދާޅުވީ އުމަރަކީ ސިޔާސީ ގޮތުން "ރޯގާއެއް" ކަމަށެވެ. އަދި އުމަރަކީ "ހައްލެއް" ނޫން ކަމަށާއި އެއީ "ކަތުރު ފަންޏެއް" ކަމަށް ވެސް ސިފަކުރެއްވި އެވެ.
Umar aky Hahleh nunn, Umar aky fennan huri Museebaatheh! Ekuveri Jamaaiythakuge Maslahathu nagaalaa meeheh! Islaahah kuraa masaiykathah oiy huraheh! Sulaha ah oiy nurahkaleh..!— Mohamed Musthafa (@Thimarafushi) December 17, 2017
މުސްތަފާ ކުރެއްވި ޓުވީޓެއް.މުސްތަފާ ވިދާޅުވި ގޮތުގައި އުމަރަކީ ރައީސް އަބްދުﷲ ޔާމީނަށް ވުރެ ރައްޔިތުން ރުޅިއަންނަ ބޭފުޅެކެވެ. އެހެންކަމުން އެއީ އިސްލާހަށް ކުރާ މަސައްކަތަށް އެޅުނު ހުރަހެއް ކަމަށް ވެސް ވިދާޅުވި އެވެ.
Umar party nizaamaa varah beerattehi: Mariya
Mihaaru
އޭނާގެ ޓުވީޓުތަކާ ގުޅިގެން "މިހާރު" އިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުސްތަފާ ވިދާޅުވީ ޒާތީ ގޮތުން އުމަރާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެކަމަކު އުމަރުގެ ކިބައިގައި ހުރީ ސިޔާސީ ގޮތުން މީހުން ހިތްހަމަނުޖެހޭ އަދި ރައްޔިތުން ގަބޫލުނުކުރާ ސިފަތަކެއް ކަމަށް ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އުމަރު ކުނޫޒަށް ވަޑައިގެން ޖޭޕީގެ މެމްބަރުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
މުސްތަފާ ވިދާޅުވި ގޮތުގައި ކުރީގެ ދެ ރައީސް، މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގުޅިވަޑައިގެން އިސްލާހީ މަސައްކަތްތައް ކުރައްވަމުން ދިޔައީ ވަރަށް ބަދަހި ގުޅުމަކާ އެކުގަ އެވެ. އެކަމަކު އުމަރު މަސައްކަތް ކުރައްވަނީ އެ ބަދަހި ގުޅުން ބަދަލުކޮށްލަން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ އުމަރު އަންނަން ޖެހޭ ވަގުތެއް ނޫން. އުމަރަކީ އިރުވައިހުދެއް. އިރުވައިހުދަކަށް ވެގެން ކަމަކު ނުދާނެ،" މުސްތަފާ ވިދާޅުވި އެވެ.
"އިރުވައި މޫސުން އައީމަ ފެނިފައި. ހުޅަނގު މޫސުމުގައި ފިލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން."
އޭނާ ވިދާޅުވީ ސިޔާސީ ގޮތުން ނާކާމިޔާބުވެފައި ހުންނެވި ބޭފުޅެއް ގޮވައިގެން ނޫޅެވޭނެ ކަމަށެވެ. އެގޮތުން އުމަރަކީ އެއްވެސް އިންތިހާބަކުން ކާމިޔާބީއެއް ލިބިވަޑައިގެންފައި ހުންނެވި ބޭފުޅެއް ނޫން ކަމަށް، މިސާލެއް ނަންގަވަމުން އޭނާ ވިދާޅުވި އެވެ.
"އުމަރުގެ ވާހަކަތައް ހުރި ގޮތުން އުމަރަކީ އިދިކޮޅު ހަތަރު ލީޑަރުންގެ ވެސް ލީޑަރު،" މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އުމަރު ޖޭޕީއާ ގުޅިވަޑައިގަތީ ގާސިމް އަރިހުގައި އާދޭސް ދަންނަވައިގެންނެވެ.
މުސްތަފާގެ ފާޑުކިއުންތަކަށް އުމަރުގެ ބަހެއް ހޯދަން މަސައްކަތް ކުރުމުން އޭނާ ހަމައެކަނި ވިދާޅުވީ މިވަގުތު މީޑިއާއަށް އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންނުވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު އުމަރު ޖޭޕީއަށް ސޮއިކުރެއްވި މައްސަލާގައި ގުޅިފައިވާ އިދިކޮޅު ކޯލިޝަންގެ ބައެއް ބޭފުޅުން ދަނީ އުމަރަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީ ހަލާކުކޮށްލުމުގެ ފުރުސަތު އުމަރަށް ނުދެއްވާނެ ކަމަށެވެ. އަދި އުމަރު، އެމްޑީޕީއާ ވައި ވެސް އެޅުނަ ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އުމަރު ނަސީރު ވަނީ ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ އެއްވެސް ކަމެއްގައި ބައިވެރި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީ ބައިވެރިވާ އިދިކޮޅުގެ އެއްވެސް ހަރަކާތެއްގައި ވެސް ބައިވެރިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. .
Umar JP ah soikuravvaifi
Mihaaru
އައިޑީޕީގެ ޓިކެޓުގައި 2008 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި، ނާކާމިޔާބުވެވަޑައިގަތުމުން، އައިޑީޕީ އުވާލެއްވުމަށް ފަހު، އުމަރު ގުޅިވަޑައިގަތީ ޑީއާރުޕީއާ އެވެ. އަދި އެ ޕާޓީގައި ހުންނަވަނިކޮށް، ޖެހުނު މައްސަލަތަކެއްގެ ސަބަބުން ޑީއާރުޕީން ވަކިވެވަޑައިގެން، ޕީޕީއެމާ ގުޅިވަޑައިގަތެވެ. ޕީޕީއެމުން ވަކިވުމަށް ފަހު، ޖޭޕީއާ އޭނާ ގުޅިވަޑައިގެން ހޯމް މިނިސްޓަރު ކަމަށް ވަޑައިގަތީ އެ ޕާޓީގެ ސްލޮޓެއްގަ އެވެ.
ޖޭޕީގައި ކުޑަ ދުވަސްކޮޅަކު އުޅުއްވުމަށް ފަހު، އުމަރު އެ ޕާޓީން ވަކިވެވަޑައިގެންނެވި ފަހުން މިދިއަ ބުރާސްފަތިދުވަހާ ހަމައަށް، އެއްވެސް ޕާޓީއަކާ ގުޅިވަޑައެއް ނުގަންނަވަ އެވެ. އަދި ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ފަހުން، އޭނާ ފެނުނީ ސިޔާސީ ހަރަކާތްތަކުން "އެކަހެރި" ބޭފުޅެއްގެ ގޮތުގަ އެވެ.
Umar MDP aa vai ves elhuna nudheynan: Hassan Latheef
Mihaaru
މިއީ އުމަރު އަންނަން ޖެހޭ ވަގުތެއް ނޫން، އެއީ ހުދުމުހުތާރު ބޭފުޅެއް: މުސްތަފާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ