އއ އުކުޅަހު އިންޖީނުގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އަލުން އެރަށަށް ކަރަންޓް ދީފިއެވެ.
އުކުޅަހުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އިންޖީނުގެއަށް މާބޮޑު ގެއްލުމެއް ނުލިބެނީސް ވަނީ އަލިފާން ނިއްވާލާފައެވެ. ނަމަވެސް ގިނަ އަދަދެއްގެ ކޭބަލްތަކަކަށް ގެއްލުން ލިބުނެއެވެ.
ކޭބަލްތަކަށް ލިބުނު ގެއްލުން ރަނގަޅު ކުރުމަށްފަހު ގާތްގަނޑަކަށް ހަތް ގަޑިއިރަށް ފަހު، އަލުން އުކުޅަހަށް ކަރަންޓް ދީފައިވަނީ މިރޭ 7 ޖެހި ފަހުންނެވެ.
އުކުޅަހަށް އަލުން ކަރަންޓް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ