ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން އިސްތިއުފާ ދެއްވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފި އެވެ.
ދުންޔާ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާ "ޓީމް މައުމޫން"ގެ ނަމުގައި ހަދާފައިވާ ޓްވީޓަރ އެކައުންޓަކުން ކޮށްފައިވާ ޓްވީޓަކަށް ދުންޔާ ވަނީ "ލައިކް" އެއް ދެއްވާފަ އެވެ.
I call on @dunyamaumoon to resign from her position in the govt of Prez Yaameen pic.twitter.com/bTOriyfmM0
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މިސަރުކާރު ވައްޓާލަން އުޅޭ ކަމަށްބުނެ ފުލުހުން ވަނީ ރައީސް މައުމޫން ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފަ އެވެ. ރައީސް މައުމޫން ހައްޔަރު ކޮށްފައިވާއިރު އެމަނިކުފާނާއެކު އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއި ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމުއާއި ރައީސް މައުމޫންއާއި ގުޅުން ހުރި ބައެއް އެހެން ފަރާތްތަކެއް ވަނީ ހައްޔަރު ކޮށްފަ އެވެ.
ނަމަވެސް ރައީސް މައުމޫންގެ ދެ ބޭފުޅުން ކަމަށްވާ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން އާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ގައްސާނު މައުމޫން މިވަގުތު ވެސް ހުންނެވީ ސަރުކާރުގެ މަގާމުތަކުގަ އެވެ.
ރައީސް މައުމޫން ހައްޔަރު ކުރުމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތައް ދުންޔާއަށް ވަނީ އަމާޒު ވެފަ އެވެ. އެކަމާ ގުޅިގެން ދުންޔާ ވަނީ ބައްޕާފުޅު މިނިވަން ކުރުމަށް ގޮވާލައްވާފަ އެވެ. އަދި ބައްޕާފުޅާމެދު ކަންތައްތައްވަމުންދާ ގޮތާއިމެދު ހިތާމަކުރައްވާކަން ހާމަކުރައްވައިފައިވެއެވެ. އަދި އެ ޓްވީޓް ދުންޔާ ކުރައްވާފައި ވަނީ ވެސް ދުނިޔޭގެ އިސްވެރިންނަށް ޓެގް ކުރައްވާފަ އެވެ.
I call upon the authorities to release & bring my father, HE @maumoonagayoom, Father of the Nation, home. I urge them to ensure proper access to his family, lawyers & medical care! @antonioguterres @PScotlandCSG @raad_zeid @theresa_may @realDonaldTrump @narendramodi @FedericaMog pic.twitter.com/FICF4ZSuax
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ދުންޔާ މައުމޫން އިސްތިއުފާ ދެއްވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ