ގުރައިދޫގެ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައި ވަނިކޮން އިންޖީނެއް ގެންގޮސްފި

ތ. ގުރައިދޫ އިންޖީނުގޭގެ ޖަނަރޭޓަރަކަށް މައްސަލަތަކެއް ދިމާވެ އިރުއިރުކޮޅުން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެފައި ވަނިކޮށް އެރަށަށް އިންޖީނެއް ގެންގޮސްފި އެވެ.
ފެނަކައިން ބުނީ ގުރައިދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ރަނގަޅުކުރުމަށް 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް އެރަށަށް ގެންގޮސްފައިވާކަމަށެވެ.
ގުރައިދޫއަށް އިންޖީނެއް ގެންގޮސްފައި މިވަނީ އެރަށުގައި އިރުއިރުކޮޅުން ކަރަންޓް ކެނޑި، ހިފައި ގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުން ވަމުންދާތީ އެރަށުގެ ގިނަ ރައްޔިތުން ނުކުމެ އިންޖީނުގެ ދޮށުގައި މުޒާހަރާ ކޮށްފައި ވަނިކޮށެވެ.
ރަށުގެ ކަރަންޓް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރި މިމިމުޒާހަރާއަކީ ރަށުގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މުޒާހަރާ އެކެވެ.
ގުރައިދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު ރާއްޖެ އެމްވީއަށް ވިދާޅުވީ އިންޖީނަށް މައްސަލަ ދިމާވާތާ 2 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި ދާއިމީ ހައްލެއް ހޯދައިދޭން ފެނަކައިން ބުނާތާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ގޮސްފައިވާ ކަމަށެވެ. ކުއްލި ކުއްލިއަށް ކަރަންޓު ކެނޑޭތީ ރައްޔިތުންގެ ވަރަށް ގިނަ ސާމާނު ހަލާކުވެ ބޮޑު ގެއްލުމެއް ރައްޔިތުންނަށް ލިބިފައިވާ ކަމަށް ވެސް އަލީ ރަޝީދު ވިދާޅުވިއެވެ.
ވެރިކަންކުރާ ޕީޕީއެމްގެ ތާއީދު ބޮޑު ގުރައިދޫގެ އާބާދީގައި 2100 މީހުން ދިރިއުޅެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ