ރައީސް މައުމޫން މެލޭޝިޔާއަށް، ރައީސް ނަޝީދު ލަންކާއަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާއަށް ވަޑައިގަތުމާއެކު، ކުއްލި ގޮތަކަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް މެލޭޝިޔާއަށް ފުރާވަޑައިގެންފިއެވެ.ރައީސް މައުމޫން މެލޭޝިޔާއަށް ވަޑައިގަތުމާ ގުޅިގެން ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވެފައިވަނީ މިރޭގެ ވަގުތެއްގައި އެމަނިކުފާނު ފުރާވަޑައިގަތީ ސިންގަޕޯ އެއާލައިންގެ ފްލައިޓަކުން ކަމަށެވެ. އަދި ފްލައިޓް ފުރަތަމަ ޖައްސާނީ މެލޭޝިޔާއަށް ކަމަށާއި، އޭގެ ފަހުން  މެލޭޝިޔާ މަގުން ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގަންނަވާނެ ކަމަށް އަލީމް ވިދާޅުވެފައި ވެއެވެ.އަދި ރައީސް މައުމޫންގެ އެ ދަތުރުފުޅަކީ އެމަނިކުފާނުގެ ބޭސްފަރުވާއަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި ބޭސްފަރުވާއަށްފަހު ހަފްތާއެއްގެ ތެރޭގައި އެނބުރި މާލެ ވަޑައިގަންނަވާނެ ކަމަށް ވެސް އަލީމް ވަނީ ވިދާޅުވެފައެވެ. ރައީސް މައުމޫން މެލޭޝިޔާއަށް މިރޭ ފުރާވަޑައިގެންނެވި އިރު، އިއްޔެ ކުރީގެ ރައީސް ނަޝީދު ވަނީ ލަންކާއަށް ވަޑައިގެން އެގައުމުގައި ތިބި ސިޔާސީ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ