ތިމާވެއްޓާއި ރައްޓެހި އަވިން 1.5 މެގަވޮޓްގެ ކަރަންޓް އުފައްދާ ނިޒާމެއް ހުޅުމާލޭގައި ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނާޖާއި ވޯލްޑް ބޭންކާއި ގުޅިގެން ހިންގާ ޕްރޮޖެކްޓްގެ ދަށުން އަވިން ކަރަންޓު އުފެއްދުމަށް ބޭނުންވާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާއި ސުވިޓްޒަލެންޑްގެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ހުޅުމާލޭ "ރިނިއުބަލް އެނާޖީ ކޮމްޕެނީ"އާއި ހަވާލުކޮށްފައިވާއިރު، މި މަސައްކަތް ފަށާތާ ތިންމަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭކަމަށް އެޗް.ޑީ.ސީން ހާމަކޮށްފައިވެއެވެ.
ހުޅުމާލޭގައި އަވިން ކަރަންޓް އުފެއްދުމަށް ބޭނުންވާ ޕެނަލްތައް މިހާރު ގެނެސްފައިވާއިރު، މި ޕްރޮޖެކްޓްގެ ދަށުން ސޯލާ ޕެނަލްތައް ހަރުކުރުމަށް ހަމަޖެހިފައިިވަނީ ކުރިން އިމާރާތްކޮށް މީހުން ދިރިއުޅެން ފަށާފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން ހޮވާލެވޭ 1،000 ހައުސިން ޔުނިޓްގައެވެ.
"ފިފްތް ޕަވާ ޑިވިލޮޕްމެންޓް ޕްރޮޖެކްޓް" ގެ ދަށުން 53.4 މެގަވޮޓުގެ ކަރަންޓު އުފައްދައި، ފޯރުކޮށްދެވޭނެ ވަސީލަތްތައް ހުޅުމާލޭގައި ގާއިމް ކުރުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ ލޯނު އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ހއ، ހދ، ށ އަދި ނ އަތޮޅުގެ ހުރިހާ ރައްތަކެއްގެ ކަރަންޓުގެ 30 އިންސައްތަ އަކީ އަވިން އުފައްދާ ކަރަންޓަށް ބަދަލުކުރުމަށް ރިނިއުއަބަލް އެނަރޖީ ހައިބްރިޑް ޕަވަރ ޕްލާންޓްތަކެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ފެށިގެން ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.
ހުޅުމާލޭގައި 1.5 މެގަވޯލްޓްގެ ކަރަންޓް އަވިން އުފައްދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ