ޓްރާންސްފޯމަރެއް އިތުރުކުރުމަށް ހިތަދޫ ބޭރުމަތީގެ އެކި ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑޭނެކަމަށް ފެނަކަ ކޯޕަރޭޝަންއިން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަންއިން ބުނީ ހިތަދޫ ބޭރުމަތީ ސަރަހައްދަށް ޓްރާންސްފޯމަރެއް އިތުރުކުރާތީ އެކި ސަރަހައްދުތަކުން މިއަދު ހެނދުނު 9 އާއި 4 އާއި ދެމެދު ވަގުތު ތަކުގައި ކަރަންޓް ކެނޑޭނެކަމަށެވެ.
އެކުންފުނިން ބުނީ ކަރަންޓް ކެނޑޭނެކަމުގެ މައުލޫމާތު އެސްއެމްއެސް އަދި ނޯޓިސް ފޮނުވައިގެން އަންގާފައިވާ ކަމަށެވެ. އެހެންވެ މިކަމަށް ސަމާލުވެ ތިއްބެވުމަށް އެކުންފުނިން އެދެއެވެ.
ފެނަކައިން ބުނީ މި ފަދަ ވަގުތުތަކުގައި އެކުންފުނީގެ ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.
ބޭރުމަތީގެ އެކި ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ