ހަގީގަތް އޮޅުވާލަން އުޅުނަސް ހަގީގަތް ދެނެއް އޮޅުވައެއް ނުލެވޭނެ: މައުމޫން

ކަންހިންގި ގޮތް ފެނި ހަގީގަތް ހާމަ ވުމަށްފަހު ހަގީގަތް ދެނެއް އޮޅުވާ ނުލެވޭނެ ކަމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އިމާދުއްދީން ސްކޫލްގައި ބޭއްވި އެޕާޓީގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަމުން އެމަނިކުފާނު ވިދާޅުވީ ހަގީގަތަކީ އެންމެންނަށް އެނގޭނެ އެއްޗެއް ކަމަށާއި ވަކި ދުވަސްވަރަކަށް އަދި ވަކި ބަޔަކަށް ހަގީގަތް އޮޅުވައިލެވިދާނެ ކަމަށާއި އެހެންނަމަވެސް ހަގީގަތަކީ އަބަދަކު އޮޅުވައިލެވޭނެ އެއްޗެއް ނޫން ކަމަށެވެ.
"ފެބްރުއަރީ 7 ގައި ސަރުކާރު ހިންގެވުމަށް އައި ބަދަލު ހިންގާދިޔަ ގޮތުގެ ކަންތައް ތައް އެއީ ހަގީގަތަށް ބަލާއިރު އެއީ ވަރަށް ސާފުކޮށް ރީތި ކޮށް ފެންނަށް އޮތް އެއްޗެއް. އެދުވަހު ކަންތައްތައް ހިނގައި ދިޔަގޮތް، އެއްވެސް މީހަކަށް އޮޅުވައެއް ނުލެވޭނެ. ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅަށް ކަމަށް ވާތީ އެ ހަގީގަތް އެއްވެސް މީހަކަށް އޮޅުވައެއް ނުލެވޭނެ. އަދި މި ހަގީގަތް އޮޅުވައިލަން އުޅުނަސް އެ ކަމެއް ނުވާނެ،" ވިދާޅުވިއެވެ.
ކޯނީގެ ރިޕޯޓާގުޅިގެން ބައެއް މީހުން ކަންބޮޑުވާކަމަށް ވިދާޅުވަމުން ރައީސް މައުމޫނު ވިދާޅުވީ އެއީ ޕީޕީއެމްގެ އެއްވެސް މީހަކު ކަންބޮޑުވާޖެހޭ ކަމެއް ނޫންކަމަށާއި އަދި ކޯނީގައި ތިއްބެވި ބޭފުޅުންނަކީ ގަދަރުވެރި ބޭފުޅުން ކަމުން އެބޭފުޅުން ވެސް ހަގީގަތާއި ދެކޮޅަށް އެއްވެސް ކަމެއް ނުނިންމާނެ ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ކޯނީގެ ހަމައެކަނި މަސައްތަކަކީ ހަތެއް ފެބްރުއަރީ ގައި ވެރިކަން ބަދަލުވެގެން ދިޔައީ ބައާވާތަކުން ނުވަތަ ބައާވާތަކުން ނޫން ކަމަށް ނިންމުން އެކަނި ކަމަށެވެ. އަދި އެދުވަހު ރާއްޖެއަށް އައީ އިންގިލާބެއްތޯ ނުވަތަ ނޫންތޯ ނިންމެވުން އެކަނިކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ޕީޕީއެމް އުފައްދާފައިވަނީ ހަމައެކަނި ދިވެހި ރައްޔިތުން ނަށް ހިދުމަތް ކުރަން އަދި ޕާޓީގެ މަގްސަދަކީ ކަވި ބަޔަކަށް މަންފާތަކެއް ހޯދުން ނޫން ކަމަށް ވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް ހަމަޖެހުމާއި ތަރައްގީ އާއި އަމަށް އަމާން ކަން ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަކީ ޕީޕީއެމުގެ އަމާޒުކަމަށެވެ.
ރައީސް މައުމޫނު ވިދާޅުވީ ޕާޓީ ތަކުގެ މަޝްވަރާތަކަށް ޕީޕީއެމްއިން އަލުން އިޖާބަދޭނެކަމަށާއި ނަމަވެސް އެކަން ކުރާނީ އެމްޑީޕީން މަގުމަތީ ހަރަކާތްތަށް ހުއްޓާލައި އަދި ގާނޫނީ އިމުގެ ތެރެއަށް ވަނުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ