މާލޭ ބިންތައް ދޫކުރުމުގައި ސިޓީ ކައުންސިލް ޒިންމާދާރުވުމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު ގޮވާލައްވައިފި

މާލޭ ބިންތައް ދޫކުރުމުގައި މާލެ ސިޓީ ކައުންސިލް ޒިންމާދާރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބުދުﷲ އަބުދުލް ރަހީމް ގޮވާލައްވައިފި އެވެ.ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބުދުﷲ ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ބޭނުން ބަޔަކަށް މާލޭގެ ބިންތައް ދެމުންގެންދާ ގެންދިއުމަކީ ގޯހެއްކަމަށާއި އެކަން ކުރަން ޖެހޭނީ ރަނގަޅަށް ކަމަށެވެ."ވަކި ޕާޓީއަކަށް މާލޭގެ ބިންތައް ދިނުމަކީ ކުރެވޭނެކަމެއް ނޫން. ތިން ހަތަަރު މަހަށް ބިން ދީގެންނުވާނެ. ހުރިހާ ޕާޓީއަކަށް އެއް އުސޫލަކުން ބިންދޫކުރަން ޖެހޭ،" އަބުދުﷲ ވިދާޅުވި އެވެ.އޭނާ ވިދާޅުވީ ޒިންމާދާރުކަމާއެކު ބިންތައް ދޫނުކުރާ ނަމަ އެކަންވާނީ ކޮރަޕްޝަނަށް ކަމަށާއި އެކަން ބަލައިފިނަމަ މައްސަލަތައް ފެންމަތިގެންދާނެކަމަށެވެ."ބިންތައް ދޫކުރަންޖެހޭނީ ހަމަހަމަކަމާއެކު. ހުރިހާ ޕާޓީއަކަށް އެއް ހަމައެއްގައި ކަންތައްތައްކޮށްދިނުމުން ހުންނާނީ ރަނގަޅަށް.ނަމަވެސް މިހާރު ކަންތައްތައް އެދަނީ ގޯހުން،"  އޭނާ ވިދާޅުވި އެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ