ތަހުގީގަށް ދޮގު މައުލޫމާތު ދިނުމާއި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ކުށުގައި ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލްގެ މައްޗަށް ދައުވާ ކުރަން އޭސީސީ އިން ޕީޖީއަށް ފޮނުވައިފި އެވެ.
އޭސީސީން ބުނީ ކޮމިޝަނުން ބަލާ މައްސަލައަކަށް ބޭނުންވާ ބަޔާނެއް ކަމަށް ބުނެ ސުޕްރީމް ކޯޓްގެ މުވައްޒަފަކު ލައްވާ މަޖުބޫރުން ބަޔާނެއް ނަގަން ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލް މަސައްކަތްކޮށްފައިވާ ކަމަށައި ބަޔާން ދިނުމަށް އުޒުރުވެރިވާ ކަމަށް މުވައްޒަފު ބުނުމުން ވަޒީފާއިން ވަކި ކުރާނެ ކަމަށް ބުނެ ބިރު ދައްކާ ސެކްރަޓަރީ ޖެނެރަލް ބޭނުންވާ ގޮތަށް ބަޔާން ތައްޔާރުކޮށް ސޮއިކުރުވަން މަސައްކަތް ކުރި ކަމަށް ބުނާ މައްސަލަ ބެލި އިރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކޮމިޝަނަށް ބޭނުންވާ މައުލާމާތެއް ބޭނުން ވެގެން ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލް އާނިޔާ އަބްދުލް ޣަފޫރު ގާތުގައި އެކަމުގައި އުޅުނު މުވައްޒަފެއްގެ ބަޔާން ހޯދަން ބުނުމުން އެގޮތަށް އާނިޔާއަށް އެންގީ ޑިޕާޓްމަންޓްގެ އިސް ދެ ވެރިޔަކު ކަމަށް އާނިޔާ ކޮމިޝަނިގައި ބުނި ބުނުން އެ ދެފަރާތުން އިންކާރު ކުރާތީ ބެލި އިރު އާނިޔާ އޮޅުވާލަން މަސައްކަތްކޮށްފައިވާތީ ކަމަށެވެ.
އެ މައްސަލައިގައި އާނިޔާގެ މައްޗަށް ދައުވާ ކުރަން އޭސީސީން އެދިފައި ވަނީ ދޮގު ހެކި ދިނުމުގެ ތުހުމަތުގައި ގާނޫނުލް އުގޫބާތުގެ 62 ވަނަ މާއްދާގެ ދަށުންނެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އާނިޔާ އައްޔަން ކުރުމާ ގުޅިގެން ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ބަލަމުން ދަނިކޮށް މައްސަލައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ މުވައްޒަފަކަށް ބިރު ދައްކައި ބަޔާނެއް ހޯދަން އާނިޔާ މަސައްކަތްކޮށްފައިވާތީ މަގާމުގެ ނުފޫޒު ބޭނުންކޮށް އަމިއްލައަށް ނާޖާއިޒު ފައިދާ ނަގަން އުޅުމުގެ ކުށުގެ ދައުވާ ކުރުމަށް ވެސް އޭސީސީން ވަނީ އެދިފަ އެވެ.
ސުޕްރީމް ކޯޓްގެ އެސްޖީގެ މައްޗަށް ދައުވާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ