ފަހުމީ ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް: ސުޕްރީމް ކޯޓް

ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުކަމުން މުހައްމަދު ފަހުމީ ހަސަން ވަކިކޮށްފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ސީއެސްސީގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މަޖިލީހުގައި ވޯޓް ނަގައި ފަހުމީ އެ ކޮމިޝަނުގެ މެމްބަރުކަމުން ވަކިކުރި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓްގައި ހިންގުމަށްފަހު ފަހުމީ ވަކިކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ނިންމީ ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރެއްގެ އަޣުލަބިއްޔަތުންނެވެ. ރައުޔު ތަފާތުވީ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.
ހުކުމްގައި ވަނީ ޖިނާއީ ތަހުގީގެއް ކުރުމުގެ ބާރު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ލިބިގެން ނުވާ ކަމަށާއި ޖިނާއީ ކުށެއް ކުރި ކަމަށް ބަލައި އަދަބު ދީފައި ވަނިކޮށް ޝަރީއަތުން އޭނާގެ މައްޗަށް އެ ކުށް ސާބިތުވެ ދެވަނަ ފަހަރަށް އަދަބު ލިބުމަކީ އިންސާފެއް ނޫން ކަމަށެވެ. އަދި ފަހުމީ ވަކި ކުރުމަށް ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށެވެ. (ތަފުސީލު އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ