ތ. އޮމަދޫގައި އިންޖީނުގޭގައި ހުރި ދެ އިންޖީނުން އެއް އިންޖީނު ހަލާކުވެ އެރަށުން ކަރަންޓް ކެނޑިފައި އޮންނަތާ 38 ގަޑިއިރު ވެއްޖެ އެވެ.
އޮމަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޝާއިރު ވިދާޅުވީ ފެނަކަ ކޯޕަރޭޝަނުން އެރަށުގައި ހިންގަމުން އަންނަ އިންޖީނުގޭގައި ހުރި ދެ އިންޖީނުގެ ތެރެއިން އެ އިންޖީނު ހަލާކުވެ ރަށުން ކަރަންޓް ކެނޑިފައި އޮންނަތާ ދެ ދުވަސް ހަމަވާން ދަނީ ކަމަށާ އެ މައްސަލައިގައި ފެނަކަ ކޯޕަރޭޝަނާ ގުޅޭތޯ ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް އަދި އެކަން ކާމިޔާބު ނުވާ ކަމަށެވެ.
"ފެނަކަ ކޯޕަރޭޝަން އަށް ގުޅޭތޯ ވަރަށް މަސައްކަތް ކޮއްފިން، އެތައް ފަހަރަކު ގުޅައިފިން ފޯނެއް ނުނަގާ، ފެނަކައިގެ އެމްޑީ އެއްފަހަރު މެސެޖުކުރެއްވި ބިޒީ ކަމަށް. ފަހަކުން ހަބަރެއްނުވޭ، އަޅުގަނޑުމެން މިދަނީ ގުޅޭތޯ ހުއްޓާނުލާ މަސައްކަތް ކުރަމުން،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެރަށު އިންޖީނުގޭގައި ކުރިން ތިން އިންޖީނު ހުންނަ ކަމަށާ އޭގެ ތެރެއިން އެއް އިންޖީނު ހަލާކުވިތާ ހަ މަސް ވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ ދުވަހަކު އެއް ގަޑިއިރު ކަރަންޓް ކަނޑާލައިގެން ކުރިއަށް ގެންދާތާ ވެސް ދެއަހަރު ވެދާނެ ކަމަށާ އިންޖީނު ހަލާކުވީ މަރާމާތު ކުރަން ސްޕެއާ ނުލިބޭތީ ކަމަށެވެ.
އޮމަދޫން ވާހަކަދެއްކި ބައެއް މީހުން އެރަށުން ކަރަންޓް ހިދުމަތް ކެނޑުނީ 19 ވަނަ ދުވަހުގެ ރޭ 11:30 އެހާކަންހާއިރު ކަމަށާއި ރޯދަމަހަށްފަހު ދޭތެރެ ދޭތެރެއިން ކަރަންޓް ގެ ހިދުމަތް މެދު ކެނޑޭ ކަމަށެވެ. އަދި ކަރަންޓްގެ މައްސަލައިގައި ރަށުގެ އާންމުންނަށް ވަރަށް ގިނަ ދައްޗާ ކުރިމަތިވެފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ވީނިއުސް އިން ފެނައަކަށް ގުޅުމުން ބުނީ ފަހުން ގުޅުމަށެވެ.
އޮމަދޫން ކަރަންޓް ކެނޑިފައި އޮންނަތާ 38 ގަޑިއިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ