ގައުމު ގާނޫނީ ހުސްކަމެއްގެ ތެރެއަށް ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިދިކޮޅު ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ
14:30ޖުޑީޝަރީގެ މައްޗަށް ބާރު ފޯރުވުމަށް ސަރުކާރުން ހިންގާ އަމަލު ތަކަކީ ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށާއި، މިވަގުތު ގައުމު ގާނޫނީ ހުސްކަމެއްގެ ތެރެއަށް ދާނެކަމަށް ގަބޫލު ނުކުރައްވާކަމަށް އިދިކޮޅު ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް އައިސްފައިވާ މައްސަލަ އާއި އިންތިގާލީ މަރުހަލާގައި ނިންމަން ޖެހޭ ކަންކަން ނުނިމިވާ މައްސަލައާ ބެހޭގޮތުން މީޑިޔާއަށް މައުލޫމާތު ދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ވެސް މެންބަރު ތަސްމީން ވިދާޅުވީ، އިންތިގާލީ މަރުހަލާގެ ކަންތައްތައް ނިމުމަކަށް ނައިސް ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް އައިސްފައި ވަނީ، ސަރުކާރާ އެކު ކުރިއަށްގެން ދިޔަ ވާހަކަތަކުގައި ސަރުކާރަށް އިތުބާރު ނުކުރެވޭތީ ކަމަށެވެ. އަދި މަޖިލީހުގައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި، ދެފަރާތުން ކުރިއަށްގެންދިޔަ ވާހަކަތަކުގައި ބޮޑު ބައެއް ނިމުނު ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އަދި ހިޔާލު ތަފާތުވުން އުފެދުނު ފަނޑިޔާރުންގެ ގާނޫނާއި އުއްތަމަ ފަނޑިޔާރު އައްޔަން ކުރުމުގެ މައްސަލައިގައި ދެފަރާތުން ހިޔާލުތަފާތުވި ގޮތާ ބެހޭ ތަފްސީލް ވެސް ތަސްމީން ދެއްވި އެވެ.ތަސްމީން އަދި ވިދާޅުވީ ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބަޔަކާ ހަވާލު ކުރައްވައި، އިންޓަރިމް ސުޕުރީމް ކޯޓެއް އުފެއްދެވުމަކީ އެމަނިކުފާނަށް ގާނޫނު އަސާސީން ލިބިދޭ ފުރުސަތެއް ނޫން ކަމަށެވެ. އަދި ރައީސް އަންގަވައިގެން ސުޕުރީމް ކޯޓުގެ ތަޅުދަނޑި ހިފެހެއްޓުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި މިއަދު ޒިންމާ ނޫފުލި ނަމަވެސް އެގޮތަށް އެ ކަންތައްކުރާ ފަތާތްތައް، މާދަމާ ޒިންމާ އުފުލަންޖެހޭނެ ކަމަށް ވިދާޅުވެ ތަސްމީން އިންޒާރު ދެއްވި އެވެ. އަދި ކަންތައްތައް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރަން މިހާރު ވެސް ޑީއާރުޕީ އޮތީ ތައްޔާރަށް ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ