އިދިކޮޅު ކޯލިޝަނުން މަގުމަތީގައި އިހުތިޖާޖްކޮށްފި

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސްއަހަރުގެ ޖަލު ޙުކުމަށް ހައިކޯޓުން ތާޢީދުކުރުމާއެކު އިދިކޮޅުން މަގުމަތީގައި އިޙުތިޖާޖުކޮށްފިއެވެ.
މި އިޙުތިޖާޖުގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންނާއި، ރައީސް ޔާމީނަށް ސަޕޯޓުކުރާ ގިނަބަޔަކު ވަނީ ބައިވެރިވެފައެވެ.
އިދިކޮޅުން މަގުމަތީގައި ކުރަމުންދާ އިޙުތިޖާޖުގެ ބައިވެރިން އަންނަނީ ޢަދުލު އިންސާފު ޤާޢިމު ކުރުމަށާއި، ރައީސް ޔާމީން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލައްވަމުންނެވެ.އަދި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް އަށް އިސްތިއުފާއަށްވެސް އިދިކޮޅުގެ ބައިވެރިން އަންނަނީ ގޮވާލައްވަމުންނެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގްގެ ކުށުގެ ދައުވާ އުފުލާފައިވަނީ ގއ.ވޮޑަމުއްލާ ނަމަކަށް ކިޔާ ފަޅުރަށެއް، އެމްއެމްޕީއާރްސީ މެދުވެރިކޮށް ވިއްކައިގެން ލިބުނު އެއް މިލިޔަން ޑޮލަރު، މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކުރިކަމުގެ ތުހުމަތުގައެވެ.
މި ފައިސާ ދެފަހަރެއްގެ މަތިން ފަސް ލައްކަ ޑޮލަރުގެ ޗެކްތަކެއްގެ ގޮތުގައި ޖަމާކޮށްފައިވަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގައި ބޮޑު ދައުރެއް އަދާކުރި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުންކަމަށް ދަށުކޯޓުގައި ދައުލަތުން އުުފުލި ދައުވާގައިވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ