އަނަސް މަރާލި މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފި

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ގަރާޖް ތެރޭ ވަޅިން ހަމަލާދީގެން މަރާލެވުނު ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.މި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުން ކޮށްގެން ޤަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދަޢުވާ އުފުލާފައިވަނީ ލ. ގަން ތުނޑީ ނަންނާރިގޭ، ޖުނައިހު ޢަބްދުﷲ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ، މުޙައްމަދު ޝާޒާއި، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާ އަށެވެ. އަދި ޙަމަލާ ދިނުމުގައި ޢަމަލީ ގޮތުން ބައިވެރިވި ކަމުގެ ދަޢުވާ އުފުލާފައިވަނީ ޅ. ކުރެންދޫ އަސުރުމާގޭ އަޙްމަދު ޒަޔާނާއި، މ. ދިމިޝްގު، އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާޤުއެވެ. މި މައްސަލައިގައި ދަޢުވާ ލިބޭ 7 މީހުންވެސް ވަނީ ދަޢުވާ އަށް އިންކާރު ކޮށްފައެވެ.މި މައްސަލައިގެ އަޑުއެހުމެއް ނުބޭއްވޭތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އެގޮތުން މައްސަލައިގެ އަޑުއެހުންތަކެއް މި އަހަރުގެ އޮގަސްޓް އަދި މާރޗު މަސް ތެރޭގައި ތާވަލް ކުރެވުނު ނަމަވެސް، އެ އަޑުއެހުންތައް ވަނީ ކެންސަލް ކޮށްފައެވެ. މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ 2020 ފެބްރުއަރީ 13 ވަނަ ދުވަހުއެވެ.ދައުވާ ލިބޭ ފަރާތަކަށް ލިއެކިއުން ލިބިފައިނުވާތީ ހެކި ބަސް ނަގަން ބޭއްވުނު އެ އަޑުއެހުން ވެސް ވަނީ ފަސްކޮށްފައެވެ. ދަޢުވާ ލިބޭ ޖުނައިޙުގެ ވަކީލު އާދަމް އާސިފް ވިދާޅުވެފައިވަނީ މި މައްސަލައިގައި ޖުނައިޙުގެ ފަރާތުން ކުރިން ވަކާލާތު ކޮށްފައިވާ އެހެން ފަރާތެއްކަމަށާއި، އޭނާ އަށް މި މައްސަލައިގެ ލިއެކިއުންތައް ލިބިފައިނުވާ ކަމަށެވެ.އަނަސް މަރާލީ އެހެން ބަޔަކަށް ދޭން ރާވައިގެން ދިޔަ ހަމަލާއެއްގައި އޮޅިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ