ކަރަންޓު ބޯޑެއްގައި ލޮރީއަކުން ޖެހި ބައެއް ގެތަކުން ކަރަންޓު ހިނގައްޖެ

މާލޭގެ އެންދެރިމާގެ ގޯޅީގައި ހުރި ކަރަންޓު ބޯޑެއްގައި ލޮރީއަކުން ޖެހި އެ ސަރަހައްދުގެ ބައެއް ގެތަކުން ކަރަންޓު ހިނގައްޖެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް އިސްމާއިލް އަލީ "ސަން"އަށް ވިދާޅުވީ ލޮރީއަކުން ޖެހި އެންދެރިމާ ގޯޅީގައި ހުރި ކަރަންޓު ބޯޑެއްގެ މަތިގަނޑު ނެއްޓި ކޭބަލްތައް ބޭރަށް ނުކުމެފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ދުއްވި ލޮރީއެއް ވެސް އަދި އެއްވެސް މީހަކުވެސް މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށާއި ފުލުހުން މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އިސްމާއިލް ވިދާޅުވި އެވެ. ސްޓެލްކޯގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ އެންދެރިމާ ގޯޅީގައި ހުރި ކަރަންޓު ބޯޑެއްގައި ލޮރީއަކުން ޖެހި ބޯޑުގެ ތެރޭގައި އިން ދެ ބްރޭކަރެއް ހަލާކުވެ ބައެއް ގެތަކުން ކަރަންޓު ދިޔަކަމަށެވެ. ނަމަވެސް މިހާރު ބްރޭކަރު ބަދަލުކޮށް އަލުން ކަރަންޓު ފޯރުކޮށްދީފައިވާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ