ޕްރިޔަންކާ އާއި ނިކަށް ކުއްޖަކު ލިބިއްޖެ

ބޮލީވުޑް އަދި ހޮލީވުޑްގެ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އަށް ސަރޮގެސީ ހަދައިގެން ކުއްޖަކު ލިބިއްޖެ އެވެ. އެ ދެމަފިރިންގެ އަލަަތު ދަރިފުޅު ލިބުނީ މިމަހު 15 ވަނަ ދުވަހު އެވެ.
ޕްރިޔަންކާ މެންނަށް ދަރިއަކު ލިބުނު ކަން މީޑިއާއަށް އާއްމުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.
”ސަރޮގޭޓް ކޮށްގެން ކުއްޖަކު ލިބުމުން އަހަރެމެން މި ތިބީ ވަރަށް އުފަލުން. އަހަރުމެންނަށް ލިބުނު މި އުފާވެރި ވަގުތުގައި އަހަރެމެން އެންމެންގެ ކިބައިން ވެސް އެދެން މި ވަގުތަށް އަހަރެމެންގެ ޕްރައިވެސީއަށް އިހްތިރާމުކޮށްދިނުމަށް،“ އިންސްޓަގްރާމްގައި ޖެހި ޕޯސްޓެއްގައި ޕްރިޔަންކާ ބުނެފައި ވެއެވެ.
އުމުރުން 29 އަހަރުގެ ނިކް އާއި 39 އަހަރުގެ ޕްރިޔަންކާ ކައިވެނިކުރީ 01 ޑިސެމްބަރު 2018ގަ އެވެ.
ޕްރިޔަންކާ އާއި ނިކަށް ދަރިއަކު ލިބުމުން އެމީހުންގެ ސަޕޯޓަރުންގެ މެސެޖްތަކުން ރެއާއި މިއަދުވެސް މީސްމީޑިއާގައި އުފާފާޅުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ