ޕޮޒިޓިވް އަދަދު 76 ގައި، މާލެއިން 22 މީހުން

ފާއިތުވީ 24 ގަޑިއިރު ތެރޭ މާލޭ ސަރަހައްދުން ނެގި 855 ސާމްޕަލްގެ ތެރެއިން 22 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު, މުޅި ރާއްޖެއިން މިއަދު ކޮވިޑް ޖެހުނު މީހުންގެ އަދަދު 76 އަށް އަރައިފިއެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި މިއަދު ވެސް ގިނައީ އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންނެވެ. އެއީ 54 މީހެކެވެ. މާލެ ސަރަހައްދުން 22 އަތޮޅުތަކުން 54 ހިންގަމުންދާ ރިސޯޓުތަކުން 05 މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 91,350 އަށް ވަނީ އަރާފައެވެ. މިވަގުތު އެ ބައްޔަށް ފަރުވާ ކުރަމުންދާ 1,794 މީހުންގެ ތެރެއިން 12 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެންނެވެ. މިއަދު ބަލިން ރަނގަޅުވީ 105 މީހުންނެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 89,190 އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 248 މީހުން ވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ